މަސް ކިރުވުމުގައި ދަތިތަކެއް، މާދަމާއިން ފެށިގެން ދޯންޏަކަށް ކިރުވޭނީ ފަސް ޓަނު
މިފްކޯގެ ކެޕޭސިޓީއަށްވުރެ ގިނައިން މަސް ލިބެމުންދާތީ މަސް ކިރުވުމުގައި ދަތިތަކާ ދިމާވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މަސްވެރިކަން މިހާރު އާދަޔާ ހިލާފަށް ރަނގަޅު ކަމަށެވެ. އެހެންވެ ގިނަ ދޯނިތަކުން އެއްފަހަރާ މިފްކޯގެ ސެންޓަރުތަކުން މަސް ކިރުވަން ދާ ކަމަށާއި އޭގެ ސަބަބުން ކެޕޭސިޓީއަށްވުރެ އިތުރަށް މަސަ ލިބެމުން އަންނަ ކަމަށެވެ. މަސް ކިރުވަން ކިޔޫގައި ޖެހޭ އަދަދު ގިނަކަން ފާހަގަކޮށް މިފްކޯއިން ބުނީ އިއްޔެ ކިޔޫގައި […]