މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,053 Stories
3,218 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

މާފުށީ ޕިކްނިކް އައިލެންޑުގެ ބިން ހިއްކައި ނިމިއްޖެ
Business

މާފުށީ ޕިކްނިކް އައިލެންޑުގެ ބިން ހިއްކައި ނިމިއްޖެ

ކ. މާފުށީ ޕިކްނިކް އައިލެންޑުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދެން ކުރިއަށްދާނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތެވެ. މި މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، ދެ ހެކްޓަރުގެ ބިން ވަބީ ހިއްކާފައެވެ. މިއީ 10.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ބޮޑެތި ޑިސްކައުންޓްތަކާއެކު މާދަމާ އެސްޓީއޯގެ އަހަރީ ސޭލް އޮންނާނެ
Business

ބޮޑެތި ޑިސްކައުންޓްތަކާއެކު މާދަމާ އެސްޓީއޯގެ އަހަރީ ސޭލް އޮންނާނެ

މާދަމާ އެސްޓީއޯގެ އަހަރީ ސޭލް ބާއްވަން ނިންމައިފިއެވެ. އެންމެ ދުވަހަކު ކުރިއަށްގެންދާ މި ސޭލް އޮންނާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯ ސުޕަމާޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައެވެ. މިއީ އެސްޓީއޯގެ 57 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ ސޭލެކެވެ. މި ސޭލްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ އޭސީ ފިޔަވައި އެހެން ހުރިހާ ސާމާނަކުން 15 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި ސުޕަމާޓުން ފަސް އިންސައްތަ ލިބޭއިރު ރީޖަނަލް ފިހާރަތަކުގެ ހޯމް އިމްޕްރޫވްމަންޓުގެ […]

އެސްޓީއޯގެ ކަލަންޑަރު ހާއްސަ ކުރީ އަދަބީ ބަސް ދިރުވުމަށް
Business

އެސްޓީއޯގެ ކަލަންޑަރު ހާއްސަ ކުރީ އަދަބީ ބަސް ދިރުވުމަށް

ދިވެހި އަދަބީބަސް ދިރުވާ އާލާކުރުމަށް އަމާޒުކޮށް އެސްޓީއޯގެ އަންނަ އަހަރުގެ ކަލަންޑަރު ނެރެފިއެވެ. އިއްޔެ އާޓިފިޝަލް ބީޗުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި މި ކަލަންޑަރު ނެރެދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ. އަމްރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ބަސްތައް ބޭނުން ކުރާ އިރު އަދަބީ ބަސްތައް ބޭނުންކޮށް އުޅޭ ކަމަށާއި އެ ބަސްތަކަކީ ވަރަށް ގިނަ ބައެއްގެ ތަޖުރިބާތަކާއެކު އައިސްފައިވާ ބަސްތަކެއް ކަމަށެވެ. އެހެންވެ، އަންނަ އަހަރުގެ ކަލަންޑަރު ފަރުމާ ކުރުމުގައި...

މަންދޫ ބަނދަރުގެ މަސައްކަތް ފަށައިފި
Business

މަންދޫ ބަނދަރުގެ މަސައްކަތް ފަށައިފި

އދ. މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަސައްކަތް ފަށާފައިވަނީ މި މަހުގެ 15ގައި ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 65,854 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 236 މީޓަރުގެ އެއްގަމުތޮއްޓެއް ލުމާއި، 319 މީޓަރުގެ ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 71 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަ...

މަރާމާތުކުރުމުގެ މަސައްކަތެއް ކުރިއަށްދާތީ މާލޭގެ ބައެއް ސަރަހައްދުތަކަށް ފެނުގެ ޕްރެޝަރު ދަށްވެދާނެ: އެމްޑަބްލިއުއެސްސީ
Business

މަރާމާތުކުރުމުގެ މަސައްކަތެއް ކުރިއަށްދާތީ މާލޭގެ ބައެއް ސަރަހައްދުތަކަށް ފެނުގެ ޕްރެޝަރު ދަށްވެދާނެ: އެމްޑަބްލިއުއެސްސީ

މަރާމާތުކުރުމުގެ މަސައްކަތެއް ކުރިއަށްދާތީ މާލޭގެ ބައެއް ސަރަހައްދުތަކަށް ފެނުގެ ޕްރެޝަރު ދަށްވެދާނެ ކަމަށް ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބުނެފިއެވެ. އެ ކުންފުނިން ބުނީ މަސައްލަކަތް ކުރަނީ މާލޭގެ މެއިން ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކަމަށެވެ. އެހެންވެ، ބައެއް ސަރަހައްދުތަކުގެ ގެތަކަށް ފެނުގެ ޕްރެޝަރު ދަށްވެދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި މަސައްކަތް ވީހާވެސް އަވަހަށް ނިންމައި ހިދުމަތް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ. އެ ކުންފުނިން ވ...

އެސްޓީއޯގެ ކުޑަކުދިންގެ ހަވީރު ފެށިގެން ކުރިއަށް
Business

އެސްޓީއޯގެ ކުޑަކުދިންގެ ހަވީރު ފެށިގެން ކުރިއަށް

ސްޓޭޓް ޓްރޭޑިން އޯނައިޒޭޝަން (އެސްޓީއޯ) އިން ބާއްވާ ކުޑަކުދިންގެ ހަވީރު ފެށިގެން ކުރިއަށް އެބަދެއެވެ. މި ހަރަކާތް ފެށުނީ މިއަދު ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުގައެވެ. މި ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންނަށް ކަމުދާ ގިނަ ހަރަކާތްތައް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ސްނޭކް އެންޑް ލެޑާ އާއި ޕެނަލްޓީ ޝޫޓް އައުޓް އާއި ފޭސްޕެއިންޓް ފަދަ މަޖާ ހަރަކާތްތައް ހިމެނެއެވެ. #STOChildrensEvening #HappeningNow pic.twitter.com/czCUGOtAIX — STO (@stoplc) December 18, 2021 މީގެ އިތުރުން ކުޑަކުދިންގެ […]

ގަތަރު އެއާވޭސް އިން ރާއްޖެއަށް ދަތުރު ކުރާތާ 20 އަހަރު
Business

ގަތަރު އެއާވޭސް އިން ރާއްޖެއަށް ދަތުރު ކުރާތާ 20 އަހަރު

ގަތަރު އެއާވޭސް އިން ރާއްޖެއަށް ދަތުރު ކުރާތާ 20 އަހަރު ފުރުން ކުލަގަދަކޮށް ފާގަ ކޮށްފިއެވެ. މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ގަތަރުގެ ބޯޓަށް އެމްއޭސީއެލުން ވަނީ ފެނުގެ ސެލިއުޓާއެކު މަރުހަބާ ކިޔައިފައެވެ. އަދި މެހެމާނުންނަށް ބޮޑުބެރާއެކު މަރުހަބާ ކިޔައިފައިވާއިރު އަހަރީ ދުވަސް ފާހަގަ ކުރަން ކޭކެއް ވަނީ ފަޅައިފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދު މައުސޫމް އާއި އެއާޕޯޓާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިބްރާހިން ތޯހާ ބައިވެރިވެވަޑައިގެންނެވ...

އެއާބަސް އޭ380 ބޯޓު އުފެއްދުން ހުއްޓުމަކަށް
Business

އެއާބަސް އޭ380 ބޯޓު އުފެއްދުން ހުއްޓުމަކަށް

އެއާބަސްއިން އޭ380 މަރުކާގެ މަތިންދާބޯޓުތައް އުފެއްދުން ހުއްޓާލައިފިއެވެ. މި ބޯޓުތައް އުފެއްދުން ހުއްޓާލީ އެއާލައިންތަކުގެ ތަރުހީބު ކުޑަވުމުންނެވެ. މިހާރުވެސް މި ބޯޓު ބޭނުން ކުރަނީ މަދު އެއާލައިނަކުންނެވެ. އެއާބަސް އޭ 380 ބޭނުން ކުރާ އެއާލައިންތަކުގެ ތެރޭގައި އެމިރޭޓްސް އެއާލައިން ހިމެނެއެވެ. އެ އެއާލައިނުން ވެސް ފަހުން ބުނީ މިއީ ގެންގުޅެން ދަތި ބޯޓުތަކެއް ކަމަށެވެ. އެގޮތުން ސާފު ކުރަން އުނދަގޫއިރު މެއިންޓެނެންސް ހަރަދުވެސް ބޮޑު ކަމަށް އެ އެއާލައިނުން ބުނެއެވެ. އެއާބަސް އިން މި ބޯޓުތައް […]

އޮޅުވެލިފުށީގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި
Business

އޮޅުވެލިފުށީގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ޅ. އޮޅުވެލިފުށީގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްލަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމާއި، ޅ. އަތޮޅު ކައުންސިލުގެ ރައީސް ޔާސީން އަބްދުﷲއާއި އޮޅިވެލިފުށީ ކައުންސިލުގެ ރައީސް މުހައްމަދު އާޒިމްއެވެ. މި މަޝްރޫއަށް ބޭނުންވާ ސާމ...

މާޅޮހު ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި
Business

މާޅޮހު ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ބ. މާޅޮހު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗެއާމަން މުހައްމަދު އަބްދުﷲ އާއި ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހް އަދި މާޅޮހު ކައުންސިލް ރައީސް އަބްދުﷲ ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއަށް ބޭނުންވާ ސާމާނު...

ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ
Business

ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

ނ. ކުޑަފަރީގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ. ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި މި މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ވަނީ ނިމިފައި ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމްގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް ފެސިލިޓީ އިމާރާތެއް އަޅައި، ފެނުގެ މައި […]

އުރީދޫ 2022 ކަލަންޑަރުން ދައްކުވައިދެނީ ރާއްޖޭގެ ރީތި ދިރުން
Business

އުރީދޫ 2022 ކަލަންޑަރުން ދައްކުވައިދެނީ ރާއްޖޭގެ ރީތި ދިރުން

ރާއްޖޭގެ ރީތި ދިރުންތައް ދައްކުވައިދޭ އުރީދޫ މޯލްޑިވްސްގެ އަންނަ އަހަރުގެ ޑެސްކް ކަލަންޑަރު މިއަދު އިފްތިތާހުކޮށްފިއެވެ. މި ކަލަންޑަރުގައި އުރީދޫން ވަނީ އީޖާދީ އޮގްމެންޓެޑް ރިއަލިޓީ ބޭނުންކޮށްފައެވެ. މީގެ ސަބަބުން ކަލަންޑަރުގައި ހިމަނާފައިވާ ރާއްޖޭގެ ރީތި ދިރުންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިރިތިބި އެއްޗެހި ގޮތަަށް ދައްކުވައިދޭނެއެވެ. އުރީދޫގެ މި ކަލަންޑަރު ތައާރަފު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ޚާންއެވެ....

ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނަކަށް އަނެއްކާވެސް ރާއްޖެ
Business

ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނަކަށް އަނެއްކާވެސް ރާއްޖެ

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ “ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން” އެވޯޑް ދެވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ. މިދިޔަ އަހަރު ވެސް މި އެވޯޑު ހާސިލް ކުރީ ރާއްޖޭންނެވެ. މިދިޔަ އަހަރު މަދު ގައުމަކާ ވާދަކޮށް ރާއްޖެއަށް މި އެވޯޑު ލިބުނު ނަމަވެސް މިއަހަރު ލިބުނީ ގިނަ އަދަދެއްގެ ގައުމުތަކާ ވާދަކޮށްގެންނެެވެ. މި އެވޯޑު ރާއްޖެއިން ހާސިލް ކުރީ ފަތުރުވެރިންގެ މެދުގައި މަގުބޫލު 18 މަންޒިލަކާ ވާދަކޮށްގެންނެވެ. މީގެ ތެރޭގައި އާޖެންޓީނާ، ބްރަޒިލް، […]

ހަނިމާދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް
Thiladhunmathi News

ހަނިމާދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަރތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން 53,522.50 ކިއުބިކް މީޓަރުގެ އައު ހާބާ ބޭސިން ފުންކުރުމާއި، 31,575.50 ކިއުބިކް މީޓަރުގެސަރަހައްދެއްގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުމާއި، 355 […]

ފީވަކުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި
Thiladhunmathi News

ފީވަކުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

ށ. ފީވަށް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަޝްރޫއުގެ ބޮޑު ބައި ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން ސަބް ބޭސް ތައްޔާރު ކުރުމުގެ މަސައްކަތުގެ 72 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ކާނު ގަނޑު ހަރުކުރުމުގެ މަސައްކަތުގެ 98 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 8400 އަކަ މީޓަރުގެ ސަރަހައްދެއް ސާފުކޮށް، ފުޓްބޯޅަ ދަނޑުގެ […]