Thiladhunmathi News
ނޭކުރެންދޫ ކަނޑޫފާ ހަލާކުވާން ފެށީ ބޭނުން ކުރުން ހުއްޓާލެވުނު ފަހުން: ޓިންޓިން
ހދ. ނޭކުރަންދޫ ކަނޑޫފަލުގެ ހެކްޓަރަކަށް ވުރެ ބޮޑު ސަރަހައްދަކުން ކަނޑޫ ގަސްތައް އެއްކޮށް މަރުވެފައިވާއިރު، މިފަދައިން ނޭކުރަންދޫ ކަނޑޫފާ ހަލާކުވާންފެށީ އެތަން ހިމާޔަތް ކޮށް، އާދަކާދައިގެމަތިން އެތަނުގެ ބޭނުން ކުރުން ހުއްޓާލެވުނު ފަހުން ކަމަށް ކަލްޗްރަލް ހެރިޓޭޖްގެ މެނޭޖަރު އަދި ހދ. ވައިކަރަދޫ ކައުންސިލްއަށް އައްޔަންކުރި ކައުންސިލަރު އަހުމަދު ހާޝިމް (ޓިންޓިން) ވިދާޅުވެއްޖެއެވެ. އޭޝިއާގައި އޮތް ތިންވަނައަށް އެންމެ ބޮޑު ކަނޑޫފާ ކަމަށްވާ ނޭކުރެންދޫ ކަނޑޫފަލުގެ ފޮޓޯތައް ހިމަނުއްވާ ޓިންޓިން ކުރެއްވި ޓ...