ދިވެހިންގެ ބޭންކް އަނެއްކާވެސް ޑައުންވެއްޖެ
ދިވެހިންގެ ބޭންކް، ބީއެމްއެލް އަނެއްކާވެސް ޑައުންވެއްޖެއެވެ. މިދިޔަ މަހު އަޕްޑޭޓުތަކެއްގައި މައްސަލަ ދިމާވެ ގިނަ ފަހަރުމަތިން ވަނީ ހިދުމަތްތައް މެދުކެނޑިފައެވެ. މީގެ ސަބަބުން ގިނަ ބައެއްގެ ފާޑިކިޔުންވެސް ބޭންކަށް އަމާޒުވިއެވެ. ގިނަ ބަޔަކު ފާޑު ކިޔުމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ މައްސަލަ ހައްލުކޮށް މޮނިޓާ ކުރަމުން އަންނަ ކަމަށެވެ. ދެން ހިދުމަތެއް މެދުކެނޑޭނީ މެއިންޓެނެންސްގެ ކަމެއް ކުރާނަމަ ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތަށް މެދުކެނޑޭނަމަ ކުރިން އަންގާނެ ކަމަށްވެސ...