ކޯޗާއެކު މައްސަލަ ޖެހި ރޮނާލްޑޯ ޕޯޗުގަލް ކޭމްޕު ދޫކޮށް ގޮސްފި
ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުގެ ކުރިން، ޓީމުގެ ކޯޗު ޖޯޖް ޖީސަސްއާ މައްސަލަ ޖެހިފައިވާ ކަމަށް ބުނާ ރިޕޯޓުތަކާއެކު، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޭމްޕު ދޫކޮށް ގޮސްފިއެވެ. ކޯޕަންހޭގަންގައި ކުރިއަށްދިޔަ ކޭމްޕު ދޫކޮށް ދިޔަކަން ރޮނާލްޑޯ ވަނީ ބުދަ ދުވަހު ކަށަވަރުކޮށްދީފައެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ރޮނާލްޑޯ ބުނީ، ގައުމީ ޓީމުގެ މެނޭޖަރުގެ ނޫސްވެރިންގެ ބައްދަލުވުމަށްފަހު، އަދި ޕޯޗުގީޒް ފުޓްބޯޅަ ފެޑެރޭޝަން (އެފްޕީއެފް)...