އާޖެންޓީނާ ހުއްޓުވުމެއް ނެތް، ބުރުކީނާ ފާސޯ ކޮޅަށް 7 ލަނޑުގެ ވިއްސާރައެއް
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ރޭ ފެނިގެންދިޔަ މޮޅު ކުޅުމާއެކު، ބުރުކީނާ ފާސޯގެ މައްޗަށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އާޖެންޓީނާ ފުރިހަމަ ކާމިޔާބީއެއް ހޯދައިފިއެވެ. އަމިއްލަ ދަނޑު ކަމަށްވާ އެސްޓާޑިއޯ މޮނިއުމެންޓަލްގައި ކުޅުނު މި މެޗުގައި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން ވަނީ ހަމަލާތަކުން ފުރިގެންވި މޮޅު ކުޅުމެއް އެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ދައްކާލައިފައެވެ. މިއީ ބައިނަލްއަގުވާމީ މި ބްރޭކުގައި އާޖެންޓީނާ ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗެވެ. މި ބްރޭކުގެ ފުރަތަމަ މެޗުގައި ބޮލ...