މައި ޚަބަރަށް ދިޔުމަށް

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
290 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވާ ތިލަދެކުނު ފުޓްސަލް މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވާ ތިލަދެކުނު ފުޓްސަލް މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ހދ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އަތޮޅުގެ ކަނބަލުންނަށް ބާއްވާ ތިލަދެކުނު ފުޓްސަލް މުބާރާތް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ހދ.އަތޮޅުގެ ކުލަބް ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފައެވެ. މި ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ މައުލޫމާތު ސީޓު ފޮނުވުމަށް ހަމަޖެހިފައިވާއިރު، ބީލަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 17 ވަ...

ރޮލިގަންސް ވިމެންސް ވޮލީ މުބާރާތުގެ ފުރަތަމަ މެޗު ހިތްވަރު ޓީމުން ކާމިޔާބުކޮށްފި
Thiladhunmathi News

ރޮލިގަންސް ވިމެންސް ވޮލީ މުބާރާތުގެ ފުރަތަމަ މެޗު ހިތްވަރު ޓީމުން ކާމިޔާބުކޮށްފި

ށ.ފީވަކުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބެއްކަމަށްވާ ރޮލިގަންސް އިން އިންތިޒާމްކޮށްގެން އެ ރަށު ކަނބަލުންނަށް ބާއްވާ “ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓް 2024” ގެ ފުރަތަމަ މެޗު ހިތްވަރު ޓީމުން ކާމިޔާބުކޮށްފިއެވެ. އިއްޔެ ހަވީރު މި މުބާރާތް ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ހިތްވަރާއި ޓީމް ކަމަނައެވެ. މި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބުކުރީ ހިތްވަރު ޓީމުންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ (25/23، 18/25، 25/20، 25/19) […]

ކޮޕަ އެމެރިކާ ފައިނަލުގައި އާޖެންޓީނާއާއި ކޮލަމްބިއާ
Sports

ކޮޕަ އެމެރިކާ ފައިނަލުގައި އާޖެންޓީނާއާއި ކޮލަމްބިއާ

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އާޖެންޓީނާއާއި ކޮލަމްބިއާ ވާދަކުރަން ޖެހިއްޖެއެވެ. މިއަދު ފަތިހު ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވާދަކުރީ ކޮލަމްބިއާ އާއި އުރުގުއޭ އެވެ. މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ކޮލަމްބިއާއެވެ. ރޭ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 39 ވަނަ މިނެޓުގައި ކޮލަމްބިއާއަށް ޖަހައިދިނީ ލެމާއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އުރުގުއޭ އޭރިއާތެރެއިން ހަމޭސް ރޮޑްރިގޭޒް ބޮލުން ހުރަސްކުރި ބޯޅައެއްގައެވެ. މިއީ […]

ށ.އަތޮޅު ޑަބްލިއުޑީސީތަކުން ހިންގާ އިޖްތިމާއީ ހަރަކާތްތަކަށް އަތޮޅު ކައުންސިލުން މާލީ އެހީދެނީ
Thiladhunmathi News

ށ.އަތޮޅު ޑަބްލިއުޑީސީތަކުން ހިންގާ އިޖްތިމާއީ ހަރަކާތްތަކަށް އަތޮޅު ކައުންސިލުން މާލީ އެހީދެނީ

ށ.އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ރާވާ ހިންގާ އިޖުތިމާއީ ތަރައްގީގެ ޕްރޮގްރާމްތަކަށް މާލީ އެހީތެރިކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ އަތޮޅު ކައުންސިލުން ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ތެރެއިން އަތޮޅު ކައުންސިލުން އެހީތެރިކަން ދިނުމަށް ނިންމާފައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ލަނޑުދަނޑިތަކާއި ގުޅޭ އަދި މުޖުތަމައު ބާރުވެރިކުރުމަށާއި، އިޖުތިމާއީ ތަރައްގީއާއި އިޖުތީމާއީ ރޫހް އާލާކޮށް ދިރުވުމަށް ހިންގޭ ޕްރޮގްރާމްތަކަށެވެ. މި ޕްރޮގ...

އިންގްލެންޑް އަނެއްކާވެސް ފައިނަލަށް
Sports

އިންގްލެންޑް އަނެއްކާވެސް ފައިނަލަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ދެވަނަ ފަހަރަށް އިންގްލެންޑުން ޖާގަ ހޯދައިފިއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ރޭ އިންގްލެންޑުން ނެދަލެންޑްސްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. އިންގްލެންޑަކީ އެންމެ ފަހުން ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ވެސް ފައިނަލުގައި ކުޅުނު ޓީމެކެވެ. ފައިނަލުން އިންގްލެންޑް ބަލިވީ އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެންނެވެ. އަންނަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 0000 ޖަހާއިރު ފަށާ މި މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ އިންގްލެންޑާއި […]

މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތުގެ އެއްވަނަ އަށް އީލާފް، އިނާމަކަށް އުމްރާ ދަތުރެއް
Thiladhunmathi News

މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތުގެ އެއްވަނަ އަށް އީލާފް، އިނާމަކަށް އުމްރާ ދަތުރެއް

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އެ ކައުންސިލްގެ ޤުރުއާން މުބާރާތުގެ ފަހުރުވެރި އެއްވަނަ ޢާއިޝަތު އީލާފް ޢަލީ ނަޝީދު ހޯދައިފިއެވެ. މުބާރާތުގެ އެއްވަނަ ހޯދި ޢާއިޝަތު އީލާފްއަށް އިނާމެއް ގޮތުގައި ވަނީ އުމްރާ ދަތުރެއް ދީފައެވެ. މި އުމްރާ ދަތުރު ހަމަޖައްސާފައި ވަނީ މީގާތު ހައްޖު އަދި އުމްރާ ގްރޫޕްގެ ފަރާތުންނެވެ. މުޅި މުބާރާތުން ދެވަނަ ހޯދާފައި ވަނީ ފާތިމަތު ފައިޙާ ޢަލީ/ ގުލްހަޒާރުގެ، ހދ.މަކުނުދޫ އެވެ. އިނާމެއް ގޮތުގައި އޭނާއަށް […]

ކެނަޑާ ބަލިކޮށް އާޖެންޓީނާ ފައިނަލަށް
Sports

ކެނަޑާ ބަލިކޮށް އާޖެންޓީނާ ފައިނަލަށް

ކޮޕް އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކެނަޑާގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. ކޮޕަ އެމެރިކާ އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ އުރުގުއޭއާއި އާޖެންޓީނާއިންނެވެ. މި ކޮންމެ ޓީމަކުން މުބާރާތް ފަނަރަ ފަހަރު ވަނީ ކާމިޔާބު ކޮށްފައެވެ. ލިސްޓްގެ ތިންވަނާގައި އޮތް ބްރެޒިލް އަށް މި މުބާރާތުގެ ތަށި ހޯދިފައި ވަނީ އެންމެ ނުވަ ފަހަރުއެވެ. މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ […]

16 އަހަރުގެ ޔަމާލްގެ ތާރީހީ ގޯލާއިއެކު ސްޕެއިން ފައިނަލަށް
Sports

16 އަހަރުގެ ޔަމާލްގެ ތާރީހީ ގޯލާއިއެކު ސްޕެއިން ފައިނަލަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ފްރާންސް ބަލިކޮށް ސްޕެއިނުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ. ރޭ އެލިއަންޒް އެރީނާގައި ކުޅުނު ސެމީ ފައިނަލް މެޗުން ސްޕެއިން މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ. ރޭ މެޗުގައި ފުރަތަމަ ލަނޑުޖެހީ އޯޕަން ޕްލޭގައި ލަނޑެއް ނުޖަހައި ސެމީ ފައިނަލުން ޖާގަ ހޯދި ފްރާންސުންނެވެ. މި ލަނޑު ނުވަނަ މިނެޓުގައި އެމްބާޕޭ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ކޯލޯ މުއާނީއެވެ. މެޗުގެ […]

ފީވަކު ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓް މާދަމާ ފަށަނީ
Thiladhunmathi News

ފީވަކު ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓް މާދަމާ ފަށަނީ

ށ.ފީވަކުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބެއްކަމަށްވާ ރޮލިގަންސް އިން އިންތިޒާމްކޮށްގެން އެ ރަށު ކަނބަލުންނަށް ބާއްވާ “ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓް 2024” މާދަމާ ފަށާނެއެވެ. މި މުބާރާތުގައި ހަތަރު ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޓީމް ހިތްވަރު، ޓީމް ކަމަނަ، ޓީމް ސްޓްރައިކްސްގެ އިތުރުން ޓީމް ވިނާސްއެވެ މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. […]

ބާރަށު ބޭރުގައި ވެސް ވަދު ކަނދުފައްޗެއް އަޅައިފި
Thiladhunmathi News

ބާރަށު ބޭރުގައި ވެސް ވަދު ކަނދުފައްޗެއް އަޅައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށު ބޭރުގައި ވެސް ވަދު ކަނދުފައްޗެއް އަޅައިފިއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ކަނދުފަތި ހަރުކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ ޕްރޮޖެކްޓްގެ ދަށުން މި މަހުގެ 6 ވަނަ ދުވަހު ރ.އުނގޫފާރުގެ އިރުން 6 މޭލު ބޭރުގައި ވަނީ ވަދު ކަނދުފައްޗެއް އަޅާފައެވެ. މީގެ އިތުރުން މި މަހުގެ 8 ވަނަ ދުވަހު ކުޅުދުއްފުށީގެ އިރުން 3.9 މޭލު ބޭރުގައި ވެސް ވަނީ ވަދު ކަނދުފައްޗެއް އަޅާފައެވެ. އަދި މި މަހުގެ 5 ވަނަ ދުވަހު […]

ށ.އަތޮޅުގައި ފުޓްސަލް ރެފްރީން ތަމްރީން ކުރާ ޕްރޮގްރާމް ފެށިގެން ކުރިއަށް
Thiladhunmathi News

ށ.އަތޮޅުގައި ފުޓްސަލް ރެފްރީން ތަމްރީން ކުރާ ޕްރޮގްރާމް ފެށިގެން ކުރިއަށް

ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގައި ފުޓްސަލް ރެފްރީން ތަމްރީން ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމް އެ އަތޮޅު ފުނަދޫގައި ފެށިގެން ކުރިއަށް އެބަދެއެވެ. ޖުމްލަ އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް 34 ބައިވެރިންނާއިއެކު ފަށާފައި ވަނީ މި މަހު 4 ވަނަ ދުވަހުއެވެ. މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. […]

މަސައްކަތް ކޮށްދޭންވީ ކައުންސިލްތަކުގެ ކެޕޭސިޓީ އިތުރުކޮށްދިނުމަށް: މޭޔަރު އާތިފް
Thiladhunmathi News

މަސައްކަތް ކޮށްދޭންވީ ކައުންސިލްތަކުގެ ކެޕޭސިޓީ އިތުރުކޮށްދިނުމަށް: މޭޔަރު އާތިފް

ސަރުކާރުން މަސައްކަތް ކޮށްދޭންވީ ކައުންސިލްތަކުގެ ކެޕޭސިޓީ އިތުރު ކޮށްދިނުމަށް ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ލާމަރުކަޒީކޮށް ރާއްޖެ ހިންގުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އާތިފް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަންވީ ކައުންސިލްތަކުގެ ކެޕޭސިޓީ އިތުރުކޮށް ލާމަރުކަޒީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ. އާތިފް އިތުރަށް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަންވީ ކައުންސިލްތައް މާލީގޮތުން އިތުރަށް ބާރުވެރިކޮށް، ލާމަރުކަޒީ ޤާނޫނާއި ފުށ...

ކުޅުދުއްފުށީ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި
Thiladhunmathi News

ކުޅުދުއްފުށީ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި

ތިލަދުންމަތި ދެކުނުބުރީ ކުޅުދުއްފުށި ސިޓީގެ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފިއެވެ. ފިޝަރީސް މިނިސްޓްރީން ކުޅުދުއްފުށީގެ އިރުން 3.9 މޭލު ބޭރުގައި މި ކަނދުފަތި އަޅާފައިވަނީ މިއަދު (08 ޖުލައި 2024) އެވެ. މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރަމުން ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު ދައޫދު ވިދާޅުވީ ކުޅުދުއްފުށީގެ ބޭރުގައި އެޅިގެންދިޔަ ވަދު ކަނދުފައްޗަކީ އެ ސިޓީގައި ތިބ...

މޯލްޑިވިއަންގެ ބޮޑު ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ދަތުރުތައް ފަށަނީ
Business

މޯލްޑިވިއަންގެ ބޮޑު ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ދަތުރުތައް ފަށަނީ

މޯލްޑިވިއަންގެ އެއާބަސް A320 މަރުކާގެ މަތިންދާބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް އަލުން ދަތުރުތައް ފަށަން ތައްޔަރުވެއްޖެއެވެ. މި ބޯޓަށް މައްސަލަ ދިމާވެފައި ވަނީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އިންޑިއާއަށް ދަތުރުފެށިތަނާ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ބޯޓް އަނބުރާ ވީއައިއޭގައި ވަނީ ޖައްސާފައެވެ. މޯލްޑިވިއަންއިން ބުނީ އެ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރަން މެލޭޝިއާއަށް ގެންދިޔުމުން، އެ […]

ސީއެޗްއެސްއީގައި ގާއިމްކުރި ޖާގަތަނަވަސް ނަމާދުކުރާތަން ބޭނުންކުރަން ފަށައިފި
Raajje

ސީއެޗްއެސްއީގައި ގާއިމްކުރި ޖާގަތަނަވަސް ނަމާދުކުރާތަން ބޭނުންކުރަން ފަށައިފި

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައި ގާއިމްކުރި ޖާގަތަނަވަސް ނަމާދުކުރާތަން ބޭނުން ކުރަން ފަށައިފިއެވެ. މިދިޔަ ބުދަދުވަހު މިތަން ރަސްމީކޮށް ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއިލް ޝަފީއުއެވެ. އެތަން ހުޅުވާފައި މިވަނީ އެ ސްކޫލްގެ 45 ވަނަ އަހަރީ ދުވަހާއި ދިމާކޮށެވެ. މި ނަމާދުކުރާތަން ބޭނުން ކުރަން ފަށާފައިވާކަން ހާމަކުރަމުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްކޫލްތަކުގެ ދަރިވަރުންނަށް ނަމާދުކުރު...