ޖިރޯނާގައި މޮޅަށް ކުޅުނު ސަވީނިއޯ ސިޓީއަށް ސޮއިކޮށްފި
މިދިޔަ ސީޒަންގައި ސްޕެނިޝް ލަލީގާގެ ޖިރޯނާގައި މޮޅަށް ކުޅުނު ބްރެޒިލްގެ ވިންގަރ ސަވީނިއޯ، މެންޗެސްޓާ ސިޓީއަށް ބަދަލުވެއްޖެއެވެ. އުމުރުން 20 އަހަރުގެ ސަވީނީއޯ ސިޓީއަށް ބަދަލުވެފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން، 40 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައެވެ. އޭނާ ސިޓީއާއިއެކު އެކުލަވާލި އެއްބަސްވުން ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ސަވީނިއޯގެ ސީނިއާ ކެރިއާ ފަށާފައި ވަނީ ބްރެޒިލްގެ އެތުލެޓިކޯ މިނެއިރޯއިންނެވެ. އެއަށްފަހު 2022 ވަނަ އަހަރު އޭނާ ބަދަލުވީ […]