ހަނިމާދޫ ޑަބްލިއުޑީސީން ޕްރީސްކޫލް ޕްލޭ އޭރިއާގައި އެޅުމަށް ޓާފް ހަދިޔާކޮށްފި
ހދ.ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށު ސައާދާ ޕްރީސްކޫލް ޕްލޭ އޭރިއާގައި އެޅުމަށް ޓާފް ހަދިޔާކޮށްފިއެވެ. މި ޓާފަކީ އެ ސްކޫލުގެ ޕްލޭ އޭރިއާގައި އަލަށް ބަހައްޓާ ސްލައިޑް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އެޅުމަށް އެ ކޮމެޓީން ހަދިޔާކޮށްފައިވާ ޓާފެކެވެ. އެ ކޮމެޓީން ކޮންމެ އަހަރަކު ވެސް އަންނަނީ ޕްރީ ސްކޫލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނިމިދިޔަ އަހަރު ފައިސާގެ އެހީ ވެސް އެ ކޮމެޓީން ވަނީ ޕްރީސްކޫލަށް ފޯރުކޮށްދީފައެވެ. މީގެއިތުރުން...