ހަނިމާދޫގައި ހޮސްޕިޓަލެއް އިމާރާތްކޮށް ހިންގައިދޭނެ ބަޔަކު ހޯދަން ކައުންސިލުން ނިންމައިފި
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ހޮސްޕިޓަލެއް އިމާރާތްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 154 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައި ވަނީ އެ ރަށުގައި 50 އެނދުގެ ހޮސްޕިޓަލެއް އަޅަން 20000 (ވިހިހާސް) އަކަފޫޓުގެ ބިމެއް 50 އަހަރަށް ދޫކުރުމަށެވެ. މި ނިންމުމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު ބުނީ މަރުހަލާ ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން […]