މޯލްޑިވިއަން އިން ށ.ފުނަދޫއަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް މެދުކަނޑާލައިފިއެވެ.
މޯލްޑިވިއަން އިން މިއަދު ބުނީ ފުނަދޫ އެއާޕޯޓްގެ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މޯލްޑިވިއަން އިން އެ އެއާޕޯޓަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ.
މޯލްޑިވިއަން އިން އިތުރަށް ބުނީ ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ދަތުރުތައް މެދުކަނޑާލުމާއި ގުޅިގެން ދިމާވާ ދަތިތަކަށް މާފަށް އެދޭކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުނަދޫ ދަތުރުތައް މޯލްޑިވިއަން އިން މެދުކަނޑާލާފައި މިވަނީ އެ އެއާޕޯޓްގައި ބޭނުން ކުރަމުން އައި ފަޔަރ ލޮރީއަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. އެ އެއާޕޯޓްގެ ފަޔަރ ލޮރީއށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން އަންނަނީ ކުރަމުންނެވެ.
ފްލައިޓްތައް ކެންސަލް ވުމާއި ގުޅިގެން ޓިކެޓަށް ބަދަލުގެނައުމާއި ބުކިންގެ އެންމެހާ ކަންކަމުގައި 1671 ނަމްބަރަށް ގުޅުމަށާއި ނުވަތަ އީމެއިލް ކުރުމަށް މޯލްޑިވިއަން އިން އެދެއެވެ. އީމެއިލް: cc@iasl.aero
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!