މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
287 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ލިވަޕޫލް އެކަކަށް، ސިޓީއާއި އާސެނަލަށް ވެސް މޮޅެއް
Sports

ލިވަޕޫލް އެކަކަށް، ސިޓީއާއި އާސެނަލަށް ވެސް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި މެންޗެސްޓާ ސިޓީއާއި އާސެނަލް މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި ލިވަޕޫލުން ވަނީ 1-0 ގެ ނަތީޖާއިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. މެޗުގެ ލިވަޕޫލުން ޖެހި ހަމައެކަނި ލަނޑު ނުވަވަނަ މިނެޓުގައި ގަކްޕޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޑިއެގޯ ޖޮޓާއެވެ. މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީން ވަނީ 3-2 ގެ ނަތީޖާއިން ފުލަމް ބަލިކޮށްފައެވެ. މި މެޗުގައި ސިޓީއަށް ލަނޑުތައް ޖަހައިދިނީ ޑޯކޫއާއި ކޮވެސިޗެވެ. ކޮވެސިޗް ވަނީ […]

ކުޅުދުއްފުށީގައި ބާއްވާ އެންމެ ދިގު ދުވުން މި މަހު 19 ގައި
Thiladhunmathi News

ކުޅުދުއްފުށީގައި ބާއްވާ އެންމެ ދިގު ދުވުން މި މަހު 19 ގައި

ކުޅުދުއްފުށި ސިޓީގައި މިހާތަނަށް ބާއްވާ އެންމެ ދިގު ދުވުން، މި މަހުގެ 19 ވަނަ ދުވަހު ބާއްވަން ތާވަލުކޮށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ދުވުން އިންތިޒާމް ކުރުމުގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންއާއި، ޔޫނިއަންގެ ދެގޮފި ކަމަށްވާ މެޑިކޯސް އަދި ގުރުޒު ގުޅިގެންނެވެ. 10 ކިލޯ މީޓަރުގެ އިތުރުން 5 ކިލޯ މީޓަރު ވެސް ހިމެނޭ މި ދުވުން އިންތިޒާމްކުރާ ފަރާތުން ކުރިއަށް ގެންދަނީ “އެމްއެންޔޫއެސްޔޫ 10 ކޭ […]

ސަސްޕެންޝަނަށް ލުއި ދިނުމާއިއެކު، ޕްގްބާ ކުޅުމުގެ ތެރެއަށް ނުކުންނަނީ
Sports

ސަސްޕެންޝަނަށް ލުއި ދިނުމާއިއެކު، ޕްގްބާ ކުޅުމުގެ ތެރެއަށް ނުކުންނަނީ

މަނާ ބޭހަކަށް ޕޮޒިޓިވްވެ ފުޓްބޯޅައިން ސަސްޕެންޑް ކޮށްފައި ހުރި ފްރާންސްގެ މިޑްފީލްޑަރ ޕައުލް ޕޮގްބާ (30) ގެ ސަސްޕެންޝަނުގެ މުއްދަތު ކުރުކޮށްދިނުމާއިއެކު އަންނަ އަހަރު ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭގޮތް ވެއްޖެއެވެ. މަނާ ބޭހަކަށް ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާ ފުރަތަމަ ސަސްޕެންޑް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. އެއަށްފަހު އިތުރަށް ބެލުމަށް ހެދި ޓެސްޓްތަކުން ވެސް އޭނާ ވަނީ މަނާ ބޭހެއް ކަމަށްވާ ޓެސްޓޯސްޓެރޯން އަށް ޕޮޒިޓިވް ވެފައެވެ. ވުމާއިއެކު އޭނާ ހަތަރު އަހަރަށް […]

ހދ.އަތޮޅު ކައުންސިލްގެ ނައިބަކަށް ވަހީދު
Thiladhunmathi News

ހދ.އަތޮޅު ކައުންސިލްގެ ނައިބަކަށް ވަހީދު

ހުސްވެފައިވާ ހދ.އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމަށް، ހިރިމަރަދޫ ކައުންސިލްގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ވަހީދު އިންތިހާބު ކޮށްފިއެވެ. އޭނާ އެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ، އިއްޔެ ބޭއްވި ހދ.އަތޮޅު ކައުންސިލްގެ 148 ވަނަ އާންމު ބައްދަލުވުމުގައެވެ. ވުމާއިއެކު 03 އޮކްޓޯބަރ 2024 އިން ފެށިގެން އަތޮޅު ކައުންސިލުގެ ނައިބް ރައީސްގެ ޒިންމާ އުފުއްލަވާނީ ވަހީދުއެވެ. ކުރިން އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމު ފުރުއްވަމުން ގެންދެވީ ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލްސައްތާރު ހަސަ...

އަލިފުށީގައި "ވިލެޖް ވީވަރ" އާލާކުރަނީ
Raajje

އަލިފުށީގައި "ވިލެޖް ވީވަރ" އާލާކުރަނީ

ރ.އަތޮޅު އަލިފުށީގައި “ވިލެޖް ވީވަރ” ދޫނި އާލާކުރުމުގެ މަސައްކަތް އެ ރަށު ކައުންސިލުން ފަށައިފިއެވެ. އެ ކައުންސިލުން ވަނީ މި ދޫނި އާލާކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ހަތަރު ޖޯޑު ވިލެޖް ވީވަރ އިއްޔެ ރަށުތެރެއަށް ދޫކޮށްލާފައެވެ. އަދި އެ ދޫނިތައް ހިފާ ނުހެދުމަށް ކައުންސިލުން ވަނީ އިލްތިމާސް ވެސް ކޮށްފައެވެ. މިކަމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ބުނީ ވިލެޖް ވީވަރ އަކީ މިހާރު ރާއްޖޭގެ ބައެއް […]

ފަތުރުވެރިކަމުގެ ވިޔަފާރިއަށް މޮޅަދޫއިން 8 ބިމެއް ދޫކުރަނީ
Thiladhunmathi News

ފަތުރުވެރިކަމުގެ ވިޔަފާރިއަށް މޮޅަދޫއިން 8 ބިމެއް ދޫކުރަނީ

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫގެ ޓޫރިޒަމް ޒޯނުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް 8 ބިމެއް ކުއްޔަށް ދޫކުރަން ނިންމައި އެ ބިންތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ރަށު ޓޫރިޒަމް ޒޯނުން ދޫކުރަން ނިންމާފައިވާ 8 ބިމުގެ ތެރޭގައި ހިމެނެނީ 6000 (ހަހާސް) އަކަފޫޓާއި 10000 (ދިހަހާސް) އަކަފޫޓާއި ދެމެދުގެ ބިންތަކެވެ. އެ ބިންތައް ދިގުމުއްދަތަށް ކުއްޔަށް ދޫކުރަން ކައުންސިލުން ނިންމާފައިވަނީ ފަތުރުވެރިކަމުގެ ވިޔަފާރިން އެ ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާ ލިބިދިނުމުގެ އ...

އިހަވަންދޫ ކަނބަލުންގެ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

އިހަވަންދޫ ކަނބަލުންގެ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ” ޑަބްލިއު.ޑީ.ސީ އަންހެން ވޮލީބޯޅަ މުބާރާތް 2024″ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އިހަވަންދޫ އަށް ނިސްބަތްވާ ޓީމްތަކަށާއި އެ ކޮމެޓީއިން މުބާރާތުގައި ބައިވެރިވުމަށް ދައުވަތު އެރުވޭ ރަށު ކައުންސިލް/ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށެވެ. މި މުބާރާތް އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ފެ...

ހަތަރު ހާހަށްވުރެ ގިނަ ދަރިވަރުންނާއިއެކު އޭލެވެލް އިމްތިހާނު ފަށައިފި
Raajje

ހަތަރު ހާހަށްވުރެ ގިނަ ދަރިވަރުންނާއިއެކު އޭލެވެލް އިމްތިހާނު ފަށައިފި

އެޗްއެސްސީ، އެޑެކްސެލް އަދި ކޭމްބްރިޖް އޭލެވެލް އިމްތިހާނުތައް މިއަދު ފަށައިފިއެވެ. މި އިމްތިހާނުތަކުގައި ޖުމްލަ 4293 ދަރިވަރުން ބައިވެރިވެއެވެ. އެޑެކްސެލް އޭލެވެލް އިމްތިހާނުގައި 3842 ދަރިވަރުން ބައިވެރިވެފައިވާއިރު، ކޭމްބްރިޖް އޭލެވެލް އިމްތިހާނުގައި ބައިވެރިވެފައި ވަނީ 443 ދަރިވަރުންނެވެ. އަދި އެޗްއެސްސީ އިމްތިހާނުގައި 1663 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި އިމްތިހާނުތައް ޖުމްލަ 48 ސެންޓަރެއްގައި ކުރިއަށްދާއިރު، އޭލެވެލް އިމްތިހާނު ނޮވެމްބަރ މަހު 14 ވަނަ ދުވަހާއި ހިސާބަށް ކުރިއަށްދާނެއެވެ....

އޮސަސޫނާގެ އަތްދަށުވެ، ބާސާގެ މޮޅުވުމުގެ ރެކޯޑް ނިމުމަކަށް
Sports

އޮސަސޫނާގެ އަތްދަށުވެ، ބާސާގެ މޮޅުވުމުގެ ރެކޯޑް ނިމުމަކަށް

އޮސަސޫނާ އަތުން ބަލިވެ ލީގުގައި ބާސެލޯނާއިން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑް ނިމުމަކަށް އަތުވެއްޖެއެވެ. ސްޕެނިޝް ލަލީގާގައި ރޭ އޮސަސޫނާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ބާސާގެ މައްޗަށް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ. މިއީ މި ސީޒަންގެ ލީގުގައި ބާސާއަތުން ޕޮއިންޓް ގެއްލުނު ފުރަތަމަ މެޗެވެ. އޮސަސޫނާއިން ވަރުގަދަކޮށް މެޗު ފެށިއިރު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއިއެކުއެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 18 ވަނަ […]

ނިއުކާސަލުން ސިޓީ ހިފަހައްޓައިފި
Sports

ނިއުކާސަލުން ސިޓީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ. މި މެޗު އެއްވަރުވުމާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ސިޓީއަށް ގެއްލުމުގެ ބިރާއި ވަނީ ކުރިމަތިވެފައެވެ. ކުޅުނު 6 މެޗުން 14 ޕޮއިންޓް ހޯދައިގެން ސިޓީ އެއްވަނާގައި އޮތްއިރު ދެވަނާގައި އޮތް ލިވަޕޫލަށާއި ތިންވަނާގައި އޮތް އެސްޓަން ވިލާއަށް ވަނީ 5 މެޗުން 12 […]

ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުވުމަށް ހުޅުވާލައިފި
Raajje

ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުވުމަށް ހުޅުވާލައިފި

ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުވުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) އިން މިއަދު ހުޅުވާލައިފިއެވެ. ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރު ކޮށްދިނުމަށް ބީސީސީ އިން މި ވަނީ ވިޔަފާރިތައް ތަރައްގީ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ނިންމައި ދަފްތަރުވުމަށް ހުޅު...

ޑާބީ މެޗުގައި އެމްބާޕޭއަށް ނުކުޅެވޭނެ
Sports

ޑާބީ މެޗުގައި އެމްބާޕޭއަށް ނުކުޅެވޭނެ

ވާތުފައިގެ ފަލަމަސްގަނޑަށް އަނިޔާވެ އަންނަ އާދީއްތަ ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ބައްދަލުކުރާ، މެޑްރިޑް ޑާބީ މެޗުގައި އެމްބާޕޭއަށް ނުކުޅެވޭނެ ކަމުގައި ރެއާލުން ބުނެފިއެވެ. އެމްބާޕޭއަށް އަނިޔާވެފައި ވަނީ ލީގުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ރެއާލާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗުގައެވެ. އެ މެޗުގެ 80 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. ރެއާލުން އެ މެޗު ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. ޕީއެސްޖީ ދޫކޮށް ރެއާލާއި ގުޅުނު އެމްބާޕޭ […]

ވޭޕް ބޭން ކުރަން ނަރުހުންގެ ޖަމިއްޔާއިން ވެސް ގޮވާލައިފި
Raajje

ވޭޕް ބޭން ކުރަން ނަރުހުންގެ ޖަމިއްޔާއިން ވެސް ގޮވާލައިފި

ދުންފަތާއި އީ-ސިނގިރޭޓާއި ވޭޕް ރާއްޖެއިން ބޭން ކުރުމަށް ޑޮކްޓަރުންގެ ޖަމިއްޔާއިން އިއްޔެ ގޮވާލާފައި ވަނިކޮށް، އެތަކެތި ރާއްޖެ އެތެރެ ކުރުން ހުއްޓާލުމަށް ނަރުހުންގެ ޖަމިއްޔާއިން މިއަދު ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިއަދު އާންމުކުރި ނޫސް ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ވެސް މިހާރު އާންމުވަމުންދާ އަދި ފުރާވަރު އުމުރުގެ ކުދިންނާއި ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލު ވަމުން އަންނަ، ދުންފަތާއި ދުންފަތުގެ އަރައެއް ކަމުގައިވާ ނިކޮޓިން ބޭނުން ކުރުމަށް ގެންގުޅޭ އާލާތެއް ކަމަށްވާ އީ-ސިނގިރޭޓްގ...

ސްކޭމްތަކާއި ގުޅޭ 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދައިފި
Raajje

ސްކޭމްތަކާއި ގުޅޭ 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދައިފި

މި އަހަރުގެ ފުރަތަމަ 8 މަސް ދުވަސްތެރޭ ސްކޭމްތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަން ތަކުގައި 2.2 މިލިއަން ރުފިޔާ ހޯދާފައިވާ ކަމުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ. ޝިފާން މީގެ އިރުކޮޅެއްގެ ކުރިން “އެކްސް” ގައި ވިދާޅުވީ މި އަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ މަކަރާއި ހީލަތުގެ މައްސަލަތަކުން 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދާފައި ކަމަށެވެ. ޝިފާން […]

ގެޓާފޭ ބަލިކޮށް ބާސާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް
Sports

ގެޓާފޭ ބަލިކޮށް ބާސާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ގެޓާފޭ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، މޮޅުވުމުގެ ސިލްސިލާ ބާސާއިން ދަމަހައްޓައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 19 ވަނަ މިނެޓުގައި ޖަހައިދިނީ ލެވަންޑޯސްކީއެވެ. ކޫންޑޭ ހުރަސްކުރި ބޯޅަ ދިފާއުކުރަން ގެޓާފޭގެ ކީޕަރު ސޯރިއާ މަސައްކަތް ކުރުމުގެ ތެރޭ އަތުގައި ޖެހިފައި އޭރިއާތެރެއަށް ވެއްޓުނު ބޯޅަ ލެވަންޑޯސްކީ ވަނީ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލާ ބާސާއަށް […]