ފުޅާދާއިރާއެއްގައި ހަށި ވިއްކަމުންދިޔަ ތައިލެންޑް އަންހެނެއް ގދ. ތިނަދޫއިން ހައްޔަރުކޮށްފި
ގދ. ތިނަދޫގައި ފުޅާދާއިރާއެއްގައި ފައިސާއަށް ހަށި ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތައިލެންޑް އަންހެނެއް ހައްޔަރުކޮށްފިއެވެ. ފުލުހުން މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ، މި އޮޕަރޭޝަން ހިންގާފައިވަނީ ރޭ 23:30 ހާއިރުކަމަށެވެ. މި އޮޕަރޭޝަންގައި އެ ރަށު ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލެންޑް އަންހެނެކެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ބަދުއަޚްލާގީ...