ގދ. ތިނަދޫގައި ފުޅާދާއިރާއެއްގައި ފައިސާއަށް ހަށި ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތައިލެންޑް އަންހެނެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ، މި އޮޕަރޭޝަން ހިންގާފައިވަނީ ރޭ 23:30 ހާއިރުކަމަށެވެ.

Ad
rt

މި އޮޕަރޭޝަންގައި އެ ރަށު ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލެންޑް އަންހެނެކެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ބަދުއަޚްލާގީ އަމަލު ހިންގަމުން ދަނިކޮށް ކުށުގެ ވެށިންނެވެ.

ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފިރިހެން މީހާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. ނަމަވެސް، އަންހެން މީހާގެ ބަންދަށް ކޯޓުން ވަނީ ހަތަރު ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.