ސައުދީ އަރަބިއާގެ ގައުމީ އެއާލައިން، ސައުދިއާ އެއާލައިންސް އިން ވަނީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރާ ހައްޖާޖީންނާއި އުމްރާވެރިންނަށް ދިމާވާ ހޫނުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ހައި-ޓެކްނޮލޮޖީއާއެކު ތައްޔާރުކޮށްފައިވާ އިޙްރާމެއް ތަޢާރަފްކޮށްފިއެވެ.

މިފަދަ ފުރަތަމަ ކޫލިންގް އިޙްރާމްގޮތުގައި، މި އިޙްރާމް ފުރަތަމަ ތަޢާރަފްކޮށްފައިވަނީ ދުބާއީގައި ބޭއްވި އަރަބިއަން ޓްރެވަލް މާކެޓް 2025ގައެވެ. މިއީ މި އީޖާދީ އިޙްރާމަކީ "ދަ ކޫލެސްޓް އިޙްރާމް" ގެ ނަމުގައި ސައުދިއާއިން ތަޢާރަފްކޮށްފައިވާ އިޙްރާމެކެވެ. މިއީ އިޙްރާމް ހެދުމަށް ގެނެވުނު ފުރަތަމަ ބޮޑު ޓެކްނޮލޮޖީގެ ކުރިއެރުމެވެ. މި އިޙްރާމް ތައްޔާރުކޮށްފައިވަނީ ބްރޭންޑިންގ ފާމް ލޭންޑޯރ އާއި ކޫލިންގް ފެބްރިކް ސްޕެޝަލިސްޓް ބީއާރްއާރްއާރް® (brrr®) އާ ގުޅިގެންނެވެ.

Ad
rt

މި އިޙްރާމްގައި ހިމެނޭ ޕޭޓެންޓްކޮށްފައިވާ ކޫލިންގް މިނަރަލްސް، އެކްޓިވް ވިކިންގް، އަދި ރެޕިޑް-ޑްރައިންގް ޕްރޮޕަރޓީސްގެ ސަބަބުން ހަށިގަނޑުގެ ހޫނުމިން 1-2 ޑިގްރީ ސެލްސިއަސް ދަށްކޮށްދެއެވެ. މީގެ އިތުރުން، މި ފެބްރިކްގައި ޔޫޕީއެފް 50+ ސަން ޕްރޮޓެކްޝަން ވެސް ހިމެނޭއިރު، ފިރިހެނުންނާއި އަންހެނުންގެ އިޙްރާމްގެ ޝަރުތުތަކާ އެއްގޮތަށް ވަނީ ތައްޔާރުކުރެވިފައެވެ.

Saudia Launches World's First Cooling Ihram for Hajj Pilgrims

ސައުދިއާގެ ވީޕީ މާކެޓިންގް އެސަމް އަޚޮންބޭ ވިދާޅުވީ، މި އީޖާދަކީ ހައްޖުވެރިންގެ ތަޖުރިބާ ރަނގަޅުކުރުމަށް އެ އެއާލައިނުން ދޭ އަހަންމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށެވެ.

first cooling ihram saudia 1

މި ކޫލިންގް އިޙްރާމް ސައުދިއާގެ ފަސިންޖަރުންނަށް ލިބެން ފަށާނީ އަންނަ އަހަރުގެ ޖޫން މަހުންފެށިގެންނެވެ.