އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ "ލިވް އަންލިމިޓަޑް" ކެމްޕޭންގެ ތެރެއިން ކޮންމެ 20 ދުވަހަކުން ދެމުން އަންނަ އުމްރާ ދަތުރުގެ 11 ވަނަ ނަސީބުވެރިޔާ ހޮވައިފިއެވެ.

މި ނަސީބުވެރިޔަކީ އައްޑޫ ސިޓީ، މީދޫ، މުއުތަސިމް ފަހުމީ އެވެ. އުރީދޫން ވަނީ އޭނައާ ރަސްމީކޮށް އިނާމު ހަވާލުކޮށްފައެވެ.

Ad
rt

އުރީދޫގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެށި މި ޚާއްސަ ޕްރޮމޯޝަންގެ ދަށުން ޖުމްލަ 19 ނަސީބުވެރި ކަސްޓަމަރަކަށް އުމްރާ ދަތުރު ލިބިގެންދާނެއެވެ. ކޮންމެ 20 ދުވަހަކުން ނަސީބުވެރި އެއް ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ވަނީ ހުޅުވާލާފައެވެ. ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ކަސްޓަމަރުން ކޮންމެ 30 ދުވަހެއްގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކޮށްގެންނެވެ.

އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އެގޮތުން، އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރަން ޖެހެއެވެ. އުރީދޫގެ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓްގެ ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުން ވެސް މި ލަކީ ޑްރޯއަށް ޝަރުތު ހަމަވާނެ ކަމަށް އުރީދޫން ބުނެއެވެ.