ހުޅުވާލެވޭ ކޮންމެ ދޮރަކީ އިޤްތިސާދަށް އަންނަ ދިރުމެއް: ޝާހިދު
އިންޑިއާގެ ކޮޗިންއިން ކުޅުދުއްފުށްޓާއި ދެމެދު ކާގޯ ފެރީގެ ދަތުރުތައް ފެށިގެން ދިޔުމަކީ މުޅި ބޮޑުތިލަދުންމަތީގެ ތަރައްގީގެ ބިންގާ ކަމަށާއި ހުޅުވާލެވޭ ކޮންމެ ދޮރަކީ އިޤްތިސާދަށް އަންނަ ދިރުމެއްކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ކޮޗިން ކާގޯ ފެރީ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެއްތަނެއްގައި ހުންނަ މުދާ އަނެއް ތަނަކަށް ގެނައުމަށް މަގުފަހިކޮށްދިނުމަކީ ހަޤީޤީ ދިރުން ކަމަށެވެ. މިއީ އަޅުގަނޑުމެން އެކަމަކާއި މެދު ފަޚުރުވެރިވާން ޖެހ...