ކޯވިޑްގެ ސަބަބުން އަދިވެސް އަހަރެމެން މިތިބީ އާންމު ދިރިއުޅުމަށް ނުދެވިއެވެ. ލޯބިވާ ދަރީން ގޮވައިގެން ބޭރުތެރޭގައި އުޅުން އެހާ ރައްކާތެރި ނުވުމުން އެ ކުދީންވެސް އެ ތިބެނީ ގޭގައެވެ. މި ހެންތިބޭއިރު އުރީދޫ މޯލްޑިވްސްގެ މޫލީ އާޓް ކޮންޓެސްޓްގައި ދަރީން ބައިވެރިކޮށްގެން އިނާމެއް ހޯދަމާ ހިންގަވާށެވެ.

އުރީދޫ މޯލްޑިވްސްގެ ފަރާތުން މޫލީ އާޓް ކޮންޓެސްޓްގެ ނަމުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން މުބާރާތެއް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.

Ad
rt

އުމުރުން 5 އަހަރާއި 12 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ވެސް ފުރުޞަތު ހުޅުވާލާފައިވާ މި މުބާރާތް މި ހިނގާ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ 23:59 އާއި ހަމައަށް ކުރިއަށް ދާނެއެވެ.

މި މުބާރާތުގައި ކުދިން ކުރަހަން ޖެހޭނީ އެ ކުއްޖެއްގެ ހިޔާލުގައި މޫލީ ހުންނާނެ ގޮތަށް ކަމަށާއި އަދި އެ ކުރެހުން ކުރެހުމަށްފަހު އޭގެ ފޮޓޯއެއް ފޭސްބުކް އެކައުންތް ނުވަތަ އިންސްޓަގްރާމްގައި ޕޯސްޓު ކުރުމަށް އުރީދޫން ބުނެއެވެ. ޕޯސްޓް ކުރާއިރު ހޭޝްޓެގް "މައިމޫލީ" މިހެން ޖެހުމަށް އުރީދޫން ބުނެއެވެ.

އެ ޕޯސްޓްގައި މޫލީ.އެމްވީ ޓެގް ކުރުމަށާއި، އެ ޕޯސްޓް ޕަބްލިކް ޕޯސްޓެއްގެ ގޮތުގައި ޕޯސްޓް ކުރުމަށްވެސް އުރީދޫން ބުނެއެވެ. އަދި މި މުބާރާތުގައި ކުދިންގެ ކުރެހުން ފޭސްބުކް އަދި އިންސްޓަގްރާމްގައި ޝާއިއު ކުރާނީ އެކުއްޖެގެ ބެލެނިވެރިއާގެ އެކައުންޓުންނެވެ.

3 އިނާމެއް ދޭނެ

  • 1 ވަނަ ހޯދާ ކުއްޖަކަށް، އެމެޒޯން ފަޔާ ސްޓިކާއި އާޓް ކިޓް އަކާއި އަދި ސަޕްރައިޒް ހަދިޔާއެއް
  • 2 ވަނަ ހޯދާ ކުއްޖަކަށް، ސަން ބަމް ހެއާ ކެއާ ސެޓަކާއި އާޓް ފޮތަކާއި ކުރަހާ ފަންސޫރު ފޮއްޓެއް
  • 3 ވަނަ ހޯދާ ކުއްޖަކަށް، ސަން ކެއާ ސެޓަކަާއި އާތް ފޮތާއި ކުރަހާ ފަންސޫރު ފޮޓެއް

އުރީދޫގެ އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް "މޫލީ" އަކީ ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލް ކޮށްލަދޭ ޕްލެޓްފޯމެކެވެ. އުރީދޫގެ ޕްރޮޑަކްޓުތައް އޯޑަރުކުރުމާއި، އޮންލައިންކޮށް ފައިސާދެއްކުން، އަދި އޮންލައިންކޮށް އޯޑަރު ކުރާ ޕްރޮޑަކްޓްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރީ ކޮށްދިނުން ހިމެނެއެވެ.