މަގުމަތި ކުނިނުކަހާ ގޯތިތަކުގެ ނަންތައް ފުނަދޫ ކައުންސިލުން އާންމު ކުރަނީ
މަގުމަތި ކުނިނުކަހާ ގޯތިތަކުގެ ނަންތައް އާންމު ކުރަން މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާއިން ނިންމައިފި އެވެ. ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތައް ސާފުކުރުމާއި ބެހޭގޮތުން އެކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މީހުން ދިރިއުޅުމަށް އެރަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ސާފުނުކޮށް ހުރިގޯތިތަކާއި، އެގޯތިތަކާއި އިންވެގެންވާ މަގުތައް 06 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ ކުރިން ސާފުކުރުމަށް ދަންނަވާކަމަށެވެ. މިތާރީޚުގެ ފަހުން ސާފުނުކޮށް ހުންނަ ގޯތިތަކުގެ ނަމާއި ގޯތީ...