ތުރުކީން ރާއްޖެއަށް ދޭ ތަމްރީނު ޕްރޮގްރާމްތަކާއި، ސްކޮލާޝިޕްތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
ތުރުކީވިލާތުން ދިވެހިރާއްޖެއަށ ްދޭ ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި، ސްކޮލާޝިޕް ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ. މި މަޝްވަރާކުރައްވާފައި ވަނީ، ތުރުކީވިލާތުގެ މިނިސްޓަރ އޮފް ނޭޝަނަލް އެޑިއުކޭޝަން، ޔޫސުފް ތެކިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއިއެކު އިއްޔެ ކުރިއަށް ގެންދެވި ބައްދަލުކޮށްލެއްވުމުގައެވެ. ތުރުކީގެ ރައީސް، އުރްދުޣާންގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން މިހާރު ތުރުކީ ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަންކާރާގައި ހުންނަ ޕްރެޒިޑެންޝ...