ދިވެހި އެމްބަސީތަކާއި ކޮންސިއުލޭޓްތަކުގައި ދިވެހި، އިސްލާމް މާއްދާ ކިޔަވައިދޭން ފަށަނީ
ރާއްޖޭން ބޭރުގެ އެކި ޤައުމުތަކުގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ އެމްބަސީތަކާއި ކޮންސިއުލޭޓްތަކުގައި ދިވެހިންނަށް ދިވެހި، އިސްލާމް މާއްދާ ކިޔަވައިދޭން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޔުނައިޓެޑް ޢެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކަށް އޮތީ ޤައުމިއްޔަތު ދިރުވައި އާލާކުރުމެވެ. އަދި މި ސަރުކާރުން އަލަށް އުފެއްދި މިނިސ...