މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,458 Stories
3,603 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ޖޭޕީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިއަދަށް ތާވަލުކޮށްފި
Raajje

ޖޭޕީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިއަދަށް ތާވަލުކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކުއްލި ކައުންސިލް ބައްދަލުވުމެއް މިއަދަށް އެޖެންޑާކޮށްފިއެވެ. މި ބައްދަލުވުން އޮންނާނެކަން އަންގައި ކައުންސިލް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ޕާޓީގެ ސެކްރެޓަރީ ޖެނަރަލް (އެސްޖީ)  އަޒްލީން އަހްމަދު މެސެޖެއް ފޮނުއްވީ މިއަދު 12:27 ހާއިރު ކަމަށް ޖޭޕީގެ ކައުންސިލް މެންބަރަކު މައުލޫމާތު ދެއްވިއެވެ. މި ބައްދަލުވުން 2:30 އަށް އެޖެންޑާކޮށްފައިވާއިރު، އެޖެންޑާގެ 4 ވަނަ ނަންބަރުގައި އޮތީ ކުއްލިކަމެއްގައި ވޯޓަށް އަހަންޖެހޭ ކަމެއް އޮތްނަމަ އެކަމަކަށް ވޯޓަށް އެހުމެވެ. އެޖެންޑާގ...

މާލޭގެ މޭޔަރު ހޮވާ އިންތިޚާބު އަންނަ ޖެނުއަރީ މަހު
Raajje

މާލޭގެ މޭޔަރު ހޮވާ އިންތިޚާބު އަންނަ ޖެނުއަރީ މަހު

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއިން ރޭ ގެނެސްދިން “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހު ބާއްވަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. މާދަމާ އިން ފެށިގެން އަންނަ […]

ކޮމެޓީގެ ނިންމުމަކީ ރޯދައިގެ ފަހުން މަޖިލީހުގެ އިންތިޚާބު ބޭއްވުން
Parliament

ކޮމެޓީގެ ނިންމުމަކީ ރޯދައިގެ ފަހުން މަޖިލީހުގެ އިންތިޚާބު ބޭއްވުން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަންނަ ރޯދަމަހުގެ ފަހުން ބާއްވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މިގޮތައް ނިންމަވާފައިވަނީ މިއަދު ބޭއްވި އެ ކޮމެޓީގެ 24 ވަނަ ބައްދަލުވުމުގައެވެ. އަންނަ 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ 20 ވަނަ މަޖިލީހުގެ އިންތިޚާބު އަންނަ ރޯދަ މަހުގެ ކުރިން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިފައެވެ. މިގޮތައް އީސީން އެދުނީ 2024 ވަނަ އަހަރު ބޭއްވުމަށް […]

މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ވާދަކުރާނީ ގުޅިގެން
Raajje

މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ވާދަކުރާނީ ގުޅިގެން

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް އިއްތިހާދުގައި ހިމެނޭ ދެ ޕާޓީ ވާދަކުރާނީ ގުޅިގެން ކަމަށް އެ އިއްތިހާދުގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސެނެޓުން ރޭ ނިންމައިފިއެވެ. މިހާރުގެ ވެރިކަމުގައި އޮތް ޕްރޮގްރެސިވް އިއްތިހާދުގެ އަނެއް ޕާޓީ އަކީ، ޕީޕީލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ. އެއީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިހާރު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އ...

އުރްދުޣާންގެ ދަޢުވަތަކަށް ރައީސްގެ ދެކަނބަލުން ތުރުކީ އަށް
Raajje

އުރްދުޣާންގެ ދަޢުވަތަކަށް ރައީސްގެ ދެކަނބަލުން ތުރުކީ އަށް

ތުރުކީވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތުރުކީވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ އެޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. ރައީސްގެ މި ދަތުރުފުޅުގައި ތުރުކީވިލާތުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ދެޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާ...

ޔާމީނާ އެއްވެސް މައްސަލައެއް ނެތް، މައްސަލައެއް ޖެހެންޖެހޭ ސަބަބެއް ވެސް ނެތް: އަދުރޭ
Raajje

ޔާމީނާ އެއްވެސް މައްސަލައެއް ނެތް، މައްސަލައެއް ޖެހެންޖެހޭ ސަބަބެއް ވެސް ނެތް: އަދުރޭ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމާއި އޭނާ އަދި ޕީޕީއެމް/ޕީއެންސީ ލީޑާޝިޕާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، މައްސަލައެއް ޖެހެންވީ ސަބަބެއް ވެސް ނެތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބުދުއްރަޙީމް އަބުދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެއެވެ. ޕީޕީލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަންގެ ގޮތުގައި ވެސް ހުންނެވި އަދުރޭ މިހެން ވިދާޅުވީ ސަންގު ޓީވީން ގެނެސްދިން ”ޚަބަރަށްފަހު...

ޔާމީން އިސްވެ އުފައްދަވާ ޕާޓީގެ ނަމަކީ ޕީޕަލްސް ނެޝަނަލް ފްރަންޓް
Raajje

ޔާމީން އިސްވެ އުފައްދަވާ ޕާޓީގެ ނަމަކީ ޕީޕަލްސް ނެޝަނަލް ފްރަންޓް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އިސްވެ ހުންނަވާ، އަލަށް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕާޓީއަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ކިޔަން ނިންމައިފިއެވެ. ޔާމީން އަލަށް އުފައްދަން ނިންމާފައިވާ ޕާޓީގެ ރަސްމީ ”އެކްސް” ހޭންޑް ވެސް މިރޭ ޢާންމުކުރައްވާފައިވާއިރު، އެ ޕާޓީގެ ލޯގޯ ވެސް މިރޭ ވަނީ ދައްކައިލާފައެވެ. މި ޕާޓީގެ ރަސްމީ ކުލައެއް ކަމަށް ކަނޑައަޅާފައި ވަނީ ދަނބު ކުލަ އެވެ. بِسْمِ اللهِ [...

އެމްއެންޕީން، ސަރުކާރާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން ދީފި
Raajje

އެމްއެންޕީން، ސަރުކާރާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން ދީފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން މިރޭ ދީފިއެވެ. އެ ޔަގީންކަން ދިނީ އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިރޭ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. މި ޕޯސްޓްގައި ނާޒިމް ވިދާޅުވެފައިވާގޮތުގައި، ދިވެހި ރައްޔިތުން، ޑރ. މުޢިއްޒު ރާއްޖޭގެ ވެރިކަމަށް އިންތިޚާބު ކުރެއްވީ، އުޖާލާ ޒަމާނަކަށް އެ ރައްޔިތުންގެ ފުރިހަމަ ތާއީދާއެކުގައި ކަމަށެވެ. ”ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކ...

މުޢިއްޒުގެ ވެރިކަން އުންމީދީ ވެރިކަމަކަށްވާނެ: އަމީން
Raajje

މުޢިއްޒުގެ ވެރިކަން އުންމީދީ ވެރިކަމަކަށްވާނެ: އަމީން

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މިހިނގާ ފަސް އަހަރުގެ ދައުރުގެ ވެރިކަމަކީ އުންމީދީ ވެރިކަމަކަށްވާނެ ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ. މިދައުރުގައި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ އަމީން މިހެން ވިދާޅުވީ، މިއަދު ”އެކްސް”ގައި ޚިޔާލުފާޅު ކުރައްވަމުންނެވެ. އަމީން ވިދާޅުވީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އަށް އޭނާ ނޫނެކޭ ބުނެ ވޯޓު ދީފައިވާނީ ރައީސް ޑރ. މުޢިއްޒަށް ކަމަށެވެ. އަދި އެކަން އެހެންކުރީ ޑރ. މުޢިއްޒު […]

ވެރިކަމަށް ކުރިމަތިވާ ޣައިރުޤާނޫނީ ހުރަސްތައް ނައްތާލުމަކީ ރައީސްގެ ވާޖިބެއް: އިޤްބާލް
Raajje

ވެރިކަމަށް ކުރިމަތިވާ ޣައިރުޤާނޫނީ ހުރަސްތައް ނައްތާލުމަކީ ރައީސްގެ ވާޖިބެއް: އިޤްބާލް

ވެރިކަމަށް ކުރިމަތިވާ ޣައިރުޤާނޫނީ ކޮންމެ ހުރަހެއް ނައްތާލުމަކީ ރައީސްގެ ވާޖިބެއްކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، 19 ނޮވެމްބަރު 2023 ވަނަ ދުވަހު ރައީސް އޮފީހުގެ މިނިސްޓަރުކަމަށް، ޢައްޔަނުކުރައްވާފައިވާ އިޤްބާލް މިހެން ވިދާޅުވީ މިއަދު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. އިޤްބާލް ވިދާޅުވެފައިވާ ގޮތުގައި ޤާނޫނު އުފަންވެ، ޤާނޫނީ ވެރިކަން ފެށެނީ ރައްޔިތުންގެ ކިބައިންނެވެ. އަދި ރައީސަކު އިންތިޚާބު ކުރަނީ ރައްޔިތުނ...

ރައްޔިތުން އިޚުތިޔާރުކުރީ މުޢިއްޒުގެ ތަސައްވުރު، އެކުގައި ސާބިތުވެ ހުންނާނަން: ނައިބު ރައީސް
Raajje

ރައްޔިތުން އިޚުތިޔާރުކުރީ މުޢިއްޒުގެ ތަސައްވުރު، އެކުގައި ސާބިތުވެ ހުންނާނަން: ނައިބު ރައީސް

ދިވެހި ރައްޔިތުން އިޚްތިޔާރުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުކަމަށާއި، މިވެރިކަން ރައްޔިތުންނަށް ލާބަހުރި ވެރިކަމަކަށް ހެދުމަށް ރައީސް ޑރ. މުޢިއްޒާއެކު ސާބިތުވެ ހުންނަވާނެކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެންވިދާޅުވެފައި މިވަނީ، ވެރިކަންކުރާ ޕްރޮގްރެސިވް ކޯލިޝަންގެ ބޮޑު ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އެ ޕާޓީ ދޫކޮށްލައްވަ...

ވެރިކަން ވެއްޓުމުގެ ސަގާފަތަށް ދިވެހިންގެ ލޯތްބެއްނުކުރޭ، ލޯބިކުރަނީ ވެރިކަން ދަމަހައްޓަން: ހަސަނާ
Raajje

ވެރިކަން ވެއްޓުމުގެ ސަގާފަތަށް ދިވެހިންގެ ލޯތްބެއްނުކުރޭ، ލޯބިކުރަނީ ވެރިކަން ދަމަހައްޓަން: ހަސަނާ

ވެރިކަން ވެއްޓުމުގެ ސަގާފަތަށް މިހާރު ދިވެހިންގެ ލޯތްބެއްނުކުރާ ކަމަށާއި، ދިވެހިން މިހާރު ލޯބިކުރަނީ ވެރިކަން ދަމަހައްޓަންކަމަށް މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު އަބުދުލް ޤާދިރު (ހަސަނާ) ވިދާޅުވެއްޖެއެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައި އިސްކޮށް އުޅުއްވާ ހަސަނާ މިހެން ވިދާޅުވީ، އެ ޕާޓީގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމް ޕީޕީއެމް ދޫކުރައްވައި، ސަރުކާރާ އިދިކޮޅު ސިޔާސީ ހަރަކާތެއް ފައްޓަވަން ތައްޔާރުވެވަޑައިގެންފައި ވަނިކޮށެވެ. ހަސ...

ސްޓޭޓް ވަޒީރުކަމުން ފަހުމީ ވަކިކޮށްފި
Raajje

ސްޓޭޓް ވަޒީރުކަމުން ފަހުމީ ވަކިކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޚާރިޖީ ވުޒާރާގެ ސްޓޭޓް ވަޒީރުކަމަށް ޢައްޔަނު ކުރައްވާފައިވާ  މުހައްމަދު ފަހުމީ ހަސަން އެ މަގާމުން ވަކިކޮށްފިއެވެ. ފަހުމީ އެ މަގާމަށް އައްޔަނުކުރައްވައި، މަގާމުގެ ލިޔުން ހަވާލުކުރައްވާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މަގާމަށް ޢައްޔަނުކުރިތާ ފަސް ވަނަ ދުވަހު އޭނާ މަގާމުން ވަކިކޮށްފައި ވަނީ އޭނާ މަގާމަށް ޢައްޔަނުކުރުމުން ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި ވަނިކޮށެވެ. މިކަމަށް ފާޑުކިޔުން އަމާޒުވީ އޭނާ އަކީ އަންހެނަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތު ކުރެވިފަ...

ގެއްލިގެން ހޯދި ވިސާމާ ފެނިއްޖެ
Raajje

ގެއްލިގެން ހޯދި ވިސާމާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ އާއިޝަތު ވިސާމާ (ކަދުރުމާގެ/ސ.ހިތަދޫ) މިރޭ ފެނިއްޖެ އެވެ. އުމުރުން 39 އަހަރުގެ ވިސާމާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ޢާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓު ކުރީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ފުލުހުން މިރޭ އިރުއޮއްސި 6:03 ހާއިރު ވަނީ ވިދާޅުވެފައެވެ. އަދި މިރޭ 10:49 ގައި ފުލުހުން ވިދާޅުވީ ހޯދަމުން ދިޔަ ވިސާމާ ފެނިފައިވާ ކަމަށެވެ. އަންހެނަކު ގެއްލުނުތާ 7 […]

ހާޝިމް ދިއްދޫ ގޮނޑިއަށް ވާދަކުރަނީ
Thiladhunmathi News

ހާޝިމް ދިއްދޫ ގޮނޑިއަށް ވާދަކުރަނީ

ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކުރީގެ ސެކަންޑް ސެކްރަޓަރީ، ހއ. ދިއްދޫ، އަލީ ހާޝިމް ދީދީ، ދިއްދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރަން ނިންމައިފިއެވެ. ހާޝިމް މިއަދު ވަނީ އެކަން ‘’އެކްސް’’ މެދުވެރިކޮށް ޢިއުލާން ކޮށްފައެވެ. ނަމަވެސް އޭނާ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިއްދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލަނީ މިނިވަން ކެންޑިޑޭޓެއް ގޮތުގައި ކަމެއް ނުވަތަ ޕާޓީއެއްގެ ޓިކެޓްގައި ކަމެއް ބުނެފައެއް ނުވެއެވެ. އެމްޑީޕީގެ މެންބަރެއް ގޮތުގައި ކުރިން ހުރި ހާޝިމް ވަނީ...