ބޮޑު ޢީދު ދުވަހަކީ މިމަހުގެ 16، ހައްޖު ދުވަސް އަވަސް ވެއްޖެ
މިއަހަރުގެ ބޮޑު ޢީދު ދުވަހަކީ 16 ޖޫން 2024 ވާ އާދިއްތަ ދުވަސްކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަނޑައަޅައިއެވެ. މިގޮތަށް ނިންމިކަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރީ، އެ ވުޒާރާގެ މީޑިއާ ގްރޫޕަށް ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ވަޒީރު ވިދާޅުވެފައި ވަނީ، ސައޫދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިވުމާއެކު، ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުޞޫލަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ވެސް 1445 ވަނ...