''ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމުގެ އަގު 50،000ރ އަށް ކުޑަކުރުމަކީ އަމާޒު''
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން ހައްޖަށް ގެންދާ މީހެއްގެ އަތުން ނަގާ އަގު 50،000 ރުފިޔާއަށް ކުޑަކުރުމަކީ އެ ކުންފުނީގެ އަމާޒުކަމުގައި ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި މައްކާގައި ހުންނަވާ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، ރާއްޖެއިން މީހުން ހައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު...