ބީއެމްއެލްގެ ހިއްސާއަކަށް 50 ރުފިޔާ ބަހަން ފާސްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ރޭ ފާސްކޮށްފި އެވެ. މާލޭގެ ޖެން ހޮޓެލްގައި ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 50 ރުފިޔާ ދޭން ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅިއެވެ. އެ ހުށަހެޅުމަށް ހިއްސާދާރުން ވަނީ ތާއިދުކޮށްފައެވެ. މިގޮތުން ބީއެމްއެލްގެ ހިއްސާދާރުންވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާގެ މަގުން ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ފާސްކޮށްފައެވެ. […]