ދިއްދޫ ހިމެނޭހެން ތިން ރަށެއްގައި ހަތަރު އައުޓްޑޯ ޖިމް ގާއިމުކޮށްދޭނެ ބަޔަކު ހޯދަނީ
ހަތަރު އައުޓްޑޯ ޖިމް އިކުއިޕްމެންޓްސް ސަޕްލައިކުރުމާއި ޖިމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާންކޮށްފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން، އައުޓްޑޯ ޖިމް އިކުއިޕްމެންޓްސް ސަޕްލައިކުރުމާއި ޖިމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކޮށްފައި ވަނީ ހއ. ދިއްދޫ ހިމެނޭހެން އިތުރު ދެ ރަށެއްގައެވެ. ދިއްދޫގެ އިތުރުން ދެން މި ޖިމްތައް ގާއިމުކުރަނީ ގދ.ވާދޫގައި އެއް ޖިމު އަދި ސ. ހިތަދޫގައި ދެ ޖިމެވެ. ހިތަދޫގައި ދެ ޖިމު ގާއިމުކުރަނީ ހިތަދޫ ރަސްގެދަރަ ...