ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ''ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024'' ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ބްލެކް ކޯނާ އިން ކަށަވަރުކޮށްފިއެވެ.

ފައިނަލުގެ ފުރަތަމަ ޖާގަ ބްލެކް ކޯނާ އިން ކަށަވަރު ކުރީ މިއަދު ކުޅެނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ފިއުރިޔަސްގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.

Ad
rt

މިއަދު ހަވީރު ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ، ބްލެކް ކޯނާގެ ޖާޒީ ނަންބަރު 14، އަބުދުލް މުހައިމިން މޫސާ އެވެ.

މި މެޗުގައި ފިއުރިއަސްގެ ގޯލް އަޔާ ޖަހައިދީފައިވާއިރު، ބްލެކް ކޯނާގެ ދެ ގޯލް ވެސް ޖަހައިދިނީ މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، ބްލެކް ކޯނާގެ މުހައިމިން އެވެ.

ރާއްޖޭގައި އެންމެ މޮޅަށް ފުޓްސަލް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ކުޅެމުން އަންނަ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.

މިއީ ށ. އަތޮޅުގެ ފުޓްބޯޅަ އާއި ފުޓްސަލްގައި ވެސް ފާހަގަކޮށްލެވޭ ގަދަ ބާރެއްކަމަށްވާ ނަރުދޫގައި އެރަށު ކައުންސިލުން މި މުބާރާތް މެދު ނުކެނޑި ބާއްވާތާ 9 ވަނަ އަހަރެވެ.