ހައިވޭގައި ކުޑަކުއްޖަކަށް ސައިކަލް ދުއްވަން ދިން މީހާ ފުލުހަށް ހާޒިރުކޮށް ތަހުގީގު ކުރިއަށް
ސިނަމާލޭ ބްރިޖުގެ ހައިވޭގައި ކުޑަކުއްޖެއްގެ އަތަށް ސައިކަލް ދުއްވަން ދިން މީހާ، ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ސިނަމާލޭ ބްރިޖުގެ ހައިވޭގައި ސައިކަލް ދުއްވާފައި ދިޔަ މީހަކު ކުޑަކުއްޖަކަށް ސައިކަލް ދުއްވަން ދީގެން ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަނީ ފިރިހެނަކު ސައިކަލުގެ ކުރިއަށް ކުޑަ ކުއްޖަކު ލައިގެން ދުއްވާފައި ދާއިރު އެ ކުއްޖާ ހުންގާނުގައި ހިފަހައްޓައިގެން އިން މަންޒ...