މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,458 Stories
3,710 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މާލޭގައި ޕިކަޕަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް
Raajje

މާލޭގައި ޕިކަޕަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް

މާލޭގައި ޕިކަޕަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ މާލޭގައި ޕިކަޕަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ދިވެހިރާއްޖޭގެ އަޑާއި ދިމާލު އަމީނީމަގުގައެވެ. މި އެކްސިޑެންޓްގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

ފުރަން ގޮސްހުރި މީހަކު ޑްރަގާއެކު ހައްޔަރުކޮށްފި
Raajje

ފުރަން ގޮސްހުރި މީހަކު ޑްރަގާއެކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ފުރަންގޮސް ހުރި މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ވީއައިއޭ އަށް ފުރަންގޮސްހުރި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ، ޢަބުދުﷲ ފަސީހް، ށ. ނޫމަރާ/ހަވީރީގެ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ފުރަންގޮސް ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގައި ހުއްޓައި، ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަަލައެއްގައެވެ. ”މ...

ބިޒްނަސް ފޯރަމްގައި ބޮޑުތިލަދުންމަތީގައި ރިސޯޓު ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތްކުރެވުނު: ފައިސަލް
Thiladhunmathi News

ބިޒްނަސް ފޯރަމްގައި ބޮޑުތިލަދުންމަތީގައި ރިސޯޓު ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތްކުރެވުނު: ފައިސަލް

އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ބޮޑުތިލަދުންމަތީގައި ރިސޯޓު ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތްކުރެވިފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. އިންޑިއާގެ މުމްބާއީގައި އިއްޔެ ވަނީ “އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް” އެއް ބާއްވާފައެވެ. މި ފޯރަމްގައި މުމްބާއީގެ ބޮޑެތި ވިޔަފާރިތަކާއި އިންވެސްޓްމަންޓު ކުންފުނިތަކާއި، އިންޑިއާގެ ބައެއް ފިލްމީތަރިން ވެސް ބައިވެރިވިއެވެ. އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދައުވަތަކަށް އެ ޤައުމަށް ކުރަށްވަމުން...

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު އުތުރުގެ ފަތުރުވެރިކަން ފުޅާވެގެންދާނެ: ރައީސް
Raajje

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު އުތުރުގެ ފަތުރުވެރިކަން ފުޅާވެގެންދާނެ: ރައީސް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު އުތުރަށް ފަތުރުވެރިކަން ފުޅާވެގެން ދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދައުވަތަކަށް އެ ޤައުމަށް ކުރަށްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މުމްބާއީގައި ބޭއްވި “އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް” ގައި ވާހަކަފުޅުދައްކަވަމުންނެވެ. މިފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދިވެހިރާއްޖޭގައި މިހާރު ފަހިވެފައިވާ އިންވެސްޓްމަންޓް ފުރުސަތުތަކުގެ އިތުރުން ރާއްޖޭ...

ބައްސާމްގެ ދެ ޕެންޓްހައުސް ފުލުހުންނާއި ހަވާލުކޮށްފި
Raajje

ބައްސާމްގެ ދެ ޕެންޓްހައުސް ފުލުހުންނާއި ހަވާލުކޮށްފި

ޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތްކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް (ޕެންޓަހައުސް) ފުލުހުންނާއި ހަވާލުކޮށްފިއެވެ. ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު ޓަވަރުތަކުން ބައްސާމް ގަނެފައި ހުންނަ ދެ ޕެންޓަހައުސް އަކީ ކޯވިޑު ދުވަސްވަރު ދިވެހި ކްލަބްތަކަށް ފައިސާ ދޫކުރަން އެފްއޭއެމަށް ދިން ފައިސާ ބޭނުންކޮށްގެން ގަނެފައިވާތަންތަން ކަމަށް އޮތީ ތުހުމަތު ކުރެވިފައެވެ. މި ތުހުމަތާއި ގުޅިގެން މައްސަލަ ތަހްގީގު ކުރުމަށްފަހ...

ރައީސަށް މަރުގެ އިންޒާރުދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި
Raajje

ރައީސަށް މަރުގެ އިންޒާރުދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށާއި ދައުލަތުގެ އެކިވަރުގެ ވެރިންނަށް މަރުގެ އިންޒާރުދިން މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އަބުދުﷲ މިޔާދު،  40އ، ގ. ސަންސަންގެއާގެ/މާލެ އެވެ. ފުލުހުން މިރޭ ބުނީ އަބުދުﷲ މިޔާދުގެ ނަމުގައި ބޭނުންކުރާ އެކައުންޓަކުން ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށާއި ދައުލަތުގެ އެކިވަރުގެ ވެރިންނަށާއި އަދި އެހެނިހެން މީހުންނަށް ވެސް މަރާލާނެކަމަށްބުނެ މަރުގެ އިންޒާރުދީ، އެކި ގޮތްގޮތުން ގެއްލުންދޭނެކަމަށް ބުނެ...

ރައީސް ބޮލީވުޑް ތަރިންނާއެކު، ފިލްމުތައް ރާއްޖޭގައި ޝޫޓް ކުރުމަށް ދައުވަތު
Thiladhunmathi News

ރައީސް ބޮލީވުޑް ތަރިންނާއެކު، ފިލްމުތައް ރާއްޖޭގައި ޝޫޓް ކުރުމަށް ދައުވަތު

ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ. އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާދީއްތަ ދުވަހު ވަނީ އިންޑިއާ އަށް ވަޑައިގެންފައެވެ. އެ ޤައުމުން ރައީސްގެ ދެ ކަނބަލުންނަށް ރަސްމީކޮށް މަރުޙަބާ ދަންނަވައި، ދެ ޤައުމުގެ ރަސްމީ ވާހަކަތައް ބޭއްވީ އިއްޔެއެވެ. މިދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ވަނީ އާގަރާއަަށް ވަޑައިގެން އެރަށުގައި ހުންނަ  ތާރީޚީ މުހިންމު ބިނާއެއް ކަމުގައިވާ ތާޖް މަހަލަށް ޒިޔާރަތް […...

އިސްލާމީ މަރުކަޒުގެ ފެންގަނޑު މަރާމާތުކޮށްދޭން ސްޓެލްކޯއިން ޝައުގުވެރިވެއްޖެ
Business

އިސްލާމީ މަރުކަޒުގެ ފެންގަނޑު މަރާމާތުކޮށްދޭން ސްޓެލްކޯއިން ޝައުގުވެރިވެއްޖެ

އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށްދޭން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން އިއްޔެ ޝައުގުވެރިކަން ފާޅުކޮށްފިއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ އިއްޔެ ވަނީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުކޮށްލެއްވުމަށްފަހު އެމްޑީ ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ގުޅިގެން އިސްލާމީ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރުގެ ތިރީގައި އޮންނަ ފެންގ...

އިންޑިއާއަކީ ދެގޮތެއްނުވާ ބައިވެރިއެެއްކަން އަންނަނީ ސާބިތުކޮށްދެމުން: ރައީސް
Raajje

އިންޑިއާއަކީ ދެގޮތެއްނުވާ ބައިވެރިއެެއްކަން އަންނަނީ ސާބިތުކޮށްދެމުން: ރައީސް

އިންޑިއާއަކީ ދެގޮތެއްނުވާ ރާއްޖޭގެ ބައިވެރިއެއްކަން އެޤައުމުން އަބަދުވެސް ސާބިތުކޮށްދެމުން އަންނަކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރޭގަނޑުގެ ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މިޖާފަތުގައި ބައިވެރިވެވަޑައިގެން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެ އާއި އިންޑިއާގެ ދިގު ދެމިގެންދާ ގުޅުން ބިނާވެފައިވަނީ ދެގައުމުގެ ތާރީޚާއި ދެޤައުމުން ގަބޫލުކުރާ ހަމަތަކާއި ހިއްސާކު...

ރައީސް، އިންޑިއާގެ ރައީސާއި ބައްދަލުކުރަށްވައިފި
Raajje

ރައީސް، އިންޑިއާގެ ރައީސާއި ބައްދަލުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމަށް ރައީސާއި، ރައީސްގެ އަރިހުގައި އިންޑިއާ އަށް ދަތުރުކުރެއްވި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދު އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަން އަށް ވަޑައިގަތުމުން ރައީސް މުރްމޫ ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ބައްދަލުވުމުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ވަނީ، ދިވެހިރާއްޖެއަކީ އިންޑިއާގެ އަސާސީ ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، އިންޑިއާއިން ގ...

ރާއްޖެ ވަޑައިގަތުމަށް މޯދީއަށް ރައީސް ދެއްވި ދައުވަތު ގަބޫލުކުރައްވައިފި
Raajje

ރާއްޖެ ވަޑައިގަތުމަށް މޯދީއަށް ރައީސް ދެއްވި ދައުވަތު ގަބޫލުކުރައްވައިފި

ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ދައުވަތު ގަބޫލުކުރައްވައިފިއެވެ. އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް، ހައިދަރުއާބާދު ހައުސްގައި  އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއިއެކު ރައީސް ޑރ. މުޢިއްޒު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެދި ރައީސް މުޢިއްޒު ވަނީ މޯދީ އަށް ދައުވަތު ދެއްވާފައެވެ. އެއީ، އަންނަ އަހަރަކީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު ސިޔާސީ ގުޅުން ގާ...

ބަންކަރިން ޚިދުމަތަށް އަންނަ ބޯޓުތަކަށް ކުނި އުކައިދިނުމަށް ވެމްކޯއިން ހަވާލުވެއްޖެ
Business

ބަންކަރިން ޚިދުމަތަށް އަންނަ ބޯޓުތަކަށް ކުނި އުކައިދިނުމަށް ވެމްކޯއިން ހަވާލުވެއްޖެ

އިހަވަންދިއްޕޮޅުގައި ގާއިމުކޮށްފައިވާ ބަންކަރިންގެ ޚިދުމަތް ހޯދުމަށް އަންނަ އުޅަނދުތަކަށް ކުނި އުކާލަ ދިނުމުގެ ޚިދުމަތް ދިނުމަށް ވޭސްޓް މެނޭޖްމެންޓަ ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލުކޮށްފިއެވެ. މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން މި ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ވެމްކޯއާއި އެކު ސޮއިކުރީ އިއްޔެއެވެ. މި އެއްބަސްވުން ގާއިމުކުރިކަން ހާމަކޮށް އެމްޕީއެލްއިން ބުނެފައި ވަނީ މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ބޯޓުތަކުން ނަގާ ކުނި، މެނޭޖްކުރާނީ ވެމްކޯއިން ކަމަށެވެ.   ބަންކަރިން ޚިދުމަތް ދިނު...

އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރަން ފަށައިފި
Business

އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރަން ފަށައިފި

ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަން މިއަދު އިފްތިތާހްކޮށްފިއެވެ. އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ދަށުން ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ  ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ކާޑު ތައާރަފްކުރުމަށްފަހު އެންމެ ފުރަތަމަ ޓްރާންސެކްޝަން ކާޑު ބޭނުންކޮށްގެން ކޮށްފައިވަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއްގައެެވެ. އެ ކާޑު ރާއްޖޭގ...

ހަނިމާދޫ އެއާޕޯޓުގައި ތަރައްގީކުރި ރަންވޭ ރަސްމީކޮށް އިފްތިތާހްކޮށްފި
Thiladhunmathi News

ހަނިމާދޫ އެއާޕޯޓުގައި ތަރައްގީކުރި ރަންވޭ ރަސްމީކޮށް އިފްތިތާހްކޮށްފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި ރަންވޭ ރަސްމީކޮށް މިއަދު އިފްތިތާހްކޮށްފިއެވެ. މުޅި އުތުރުގެ އުންމީދާއި ގުޅިފައިވާ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 18 ޖެނުއަރީ 2023 ގައެވެ. މި މަޝްރޫޢުގެ ދަށުން ތަރައްގީކުރި އައު ރަންވޭ މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އިންޑިއާގެ...

އިންޑިއާ އާއިއެކު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް
Raajje

އިންޑިއާ އާއިއެކު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް

ދިވެހިރާއްޖެއިން އިންޑިއާ އާއިއެކު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ އިންޑިއާ އަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއެކު ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. ރައީސް މުޢިއްޒު، މޯދީ އާއި ބައްދަލުކުރައްވައިފި ދެ ޤައުމުގެ ދެމ...