މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,458 Stories
3,709 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ޑްރަގް އަޅާފައި ހުރި ވޭޕް ސިނގިރޭޓް ޝިޕްމަންޓެއް އަތުލައިގެންފި
Raajje

ޑްރަގް އަޅާފައި ހުރި ވޭޕް ސިނގިރޭޓް ޝިޕްމަންޓެއް އަތުލައިގެންފި

“ވޭޕް އޮއިލް”ގެ ނަމުގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް ރާއްޖެ އެތެރެ ކުރަނިކޮށް އަތުލައިގެންފިއެވެ. މިކަމާ ގުޅިގެން ދާޚިލީ ވަޒީރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، “ވޭޕް އޮއިލް”ގެ ނަމުގައި ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް ޝިޕްމަންޓެއް ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށް ވިދާޅުވެފައެވެ. ”މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެންގެވި ޑިޒިޝަން ނަންގަވަން ޖެހުނު އެންމެ ބޮޑު އެއް ސަބަބު” ވަޒީރު ވިދާޅުވެފަވެއެވެ. ވަޒީރުގެ މި ޕޯސ...

ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމަވައިފި
Raajje

ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމަވައިފި

ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސް މުޢިއްޒު މުޢިއްޒު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން ޢިއުލާން ކުރަށްވާފައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައި ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު...

ސްނޯކަލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ
Raajje

ސްނޯކަލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ

ސްނޯކަލިންއަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިޔަކު މަރުވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި ރަސްދޫ ކައިރީ އޮންނަ ގަންގެހި ރިސޯޓު ބޭރުގައި ސްނޯކެލިންއަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިއެއް ވަނީ މަރުވެފައެވެ. މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައި ވަނީ އިއްޔެ 11:22 ހާއިރުއެވެ. ރަސްދޫ ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ އެ ތަނަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ދުއްވާފައިދިޔަ ޕިކަޕެއްގެ ބެޓެރި ޝޯޓްވެ އަލިފާނުގެ ހާދިސާއެއް
Raajje

ދުއްވާފައިދިޔަ ޕިކަޕެއްގެ ބެޓެރި ޝޯޓްވެ އަލިފާނުގެ ހާދިސާއެއް

މާލޭގެ ބޮޑުތަކުރުފާނުމަގުން ދުއްވާފައިދިޔަ ޕިކަޕެއްގެ ބެޓެރީގައި އަލިފާން ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނީ ބޮޑުތަކުރުފާނުމަގުން އިރަށް ދަތުރުކުރަމުން ދިޔަ ޕިކަޕެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެމްއެންޑީއެފުން ބުނިގޮތުގައި އެ ޕިކަޕްގައި އަލިފާން ރޯވީ ޕިކަޕްގެ ބެޓެރި ޝޯޓްވެ، އެ ބެޓެރީގައި އަލިފާން ރޯވެގެން ކަމަށެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު ހެނދުނު 08:39 ހާއިރު އ...

ޚިޔާނާތުގެ ފައިސާ ދައުލަތަށް ހޯދަން ހަރުދަނާ މަސައްކަތްތަކެއް ކުރުމަކީ އެކަން ހުއްޓުވަން އެޅޭނެ ބާރެއް: އަނާރާ
Parliament

ޚިޔާނާތުގެ ފައިސާ ދައުލަތަށް ހޯދަން ހަރުދަނާ މަސައްކަތްތަކެއް ކުރުމަކީ އެކަން ހުއްޓުވަން އެޅޭނެ ބާރެއް: އަނާރާ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އޯޑިޓް ރިޕޯޓުތައް ދިރާސާކުރުމުން ފާހަގަވާ ޚިޔާނާތުގެ މައްސަލަތަކުގެ ފައިސާ ދައުލަތަށް ހޯދަން ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނައީމް މިއަދު ވިދާޅުވެއްޖެއެވެ. އަނާރާ މިހެން ވިދާޅުވީ، މި އަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އައު ދައުރުގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިއަދުގެ ޖަލްސާގައި ކޮމެޓީތަކުން ހުށަހަޅާކަންކަމުގެ ތެރެއިން ތިމާވެއްޓާބެހޭ ވުޒާރާގެ 2012 އިން ފެށިގެން 2018...

ފެނަކައިން ކުއްލި ހާލަތަށް ހާއްސަ ޢުޞޫލުތަކެއް އެކުލަވާލައި ޢަމަލުކުރަން ފަށައިފި
News

ފެނަކައިން ކުއްލި ހާލަތަށް ހާއްސަ ޢުޞޫލުތަކެއް އެކުލަވާލައި ޢަމަލުކުރަން ފަށައިފި

ފެނަކަ ކޯޕަަރޭޝަނުން ޚިދުމަތްދޭ ރަށްތަކުގައި ކުއްލި ހާލަތަށް ހާއްސަ ޢުޞޫލުތަކެއް އެކުލަވާލައި މިއަދު ޢަމަލުކުރަން ފަށައިފިއެވެ. ފެނައިން މިއަދު ވަނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ކާރިސީ ހިރާސްތައް ކުޑަކުރުމުގެ ދުވަހާ ގުޅުވައިގެން ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ ކުންފުނިން ބުނީ މި ހަރަަަކާތްތަކުގެ ތެރެއިން ފެނަކައިގެ ޚިދުމަތްދޭ ރާއްޖޭގެ 151 ރަށެއްގައި ޤާއިމްކޮށްފައިވާ ފެނަކައިގެ ބްރާންޗްތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށް، ކުއްލި ޙާލަތްތަކުގައި އިޖާބަދޭނެ ގޮތުގެ ޢުޞޫލުތަކެއ...

މާފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ
Business

މާފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ކ. މާފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 50 އިންސައްތަ މަސްކަތް ނިމިފައިވާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީން ބުނީ އެ މަޝްރޫޢުގެ ދަށުން އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 76 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 374 މީޓަރުގެ ބަނދަރެއް ތަރައްޤީކުރުމަށެވެ. މީގެތެރޭގައި...

އިންޑިއާގެ ސިޔާސީ ލީޑަރެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި
International

އިންޑިއާގެ ސިޔާސީ ލީޑަރެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި

އިންޑިއާގެ ސިޔާސީ ޕާޓީއެއްކަމަށްވާ ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީ (އެން.ސީ.ޕީ)ގެ ލީޑަރު ބާބާ ސިއްދީޤީ ގެ ގަޔަށް ބަޑިޖެހުމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެއްޖެއެވެ. އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތުގައި މުމްބާއީ ޚަރުވާޑީ ޖަންކްޝަންގައި ތިން މީހަކު ބަޑިން ހަމަލާދީ އެން.ސީ.ޕީގެ ލީޑަރު ބާބާ ސިއްދީޤީ ވަނީ ޒަޚަމްކޮށްލާފައެވެ. އޭނާ މަރުވީ ލީލާވަތީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށްކަމަށް އެ ހޮސްޕިޓަލާއި ހަވާލާދީ އި...

ލީޑާޝިޕް ޕްރޮގްރާމް ފުރިހަމަކުރި ސްޓެލްކޯގެ މުވައްޒަފުންގެ އަދަދު 469 އަށް
Business

ލީޑާޝިޕް ޕްރޮގްރާމް ފުރިހަމަކުރި ސްޓެލްކޯގެ މުވައްޒަފުންގެ އަދަދު 469 އަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ އިތުރު މުވައްޒަފުންތަކެއް ލީޑާޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް ފުރިހަމަ ކުރުމާއެކު، އެ ޕްރޮގްރާމް ފުރިހަމަކުރި ކުންފުނީގެ މުވައްޒަފުންގެ އަދަދު ޖުމްލަ 469 އަށް އަރައިފިއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ވިދާޅުވީ، ލީޑާޝިޕް އެންހޭސްމެންޓް ޕްރޮގްރާމުގެ ނުވަވަނަ ބެޗު ޓްރެއިނިން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ. އެ ބެޗުގައި އެ ކުންފުނީގެ 51 މުވައްޒަފަކު ތަމްރީނުވެފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ. އެއާއެކު ލީޑާ...

ބައިނަލްއަގްވާމީ ޤުރްއާން މުބާރާތަކުން ރާއްޖޭގެ ޝާޔާ ތިންވަނަ ހޯދައިފި
Raajje

ބައިނަލްއަގްވާމީ ޤުރްއާން މުބާރާތަކުން ރާއްޖޭގެ ޝާޔާ ތިންވަނަ ހޯދައިފި

މެލޭޝިއާގައި ބޭއްވި ބައިނަލްއަގްވާމީ ޤުރްއާން މުބާރާތަކުން ރާއްޖޭގެފާޠިމަތު ޝާޔާ ޒާހިރު ތިންވަނަ ހޯދައިފިއެވެ. އެކަން ހާމަކުރަށްވައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެލޭޝިޔާގައި ބޭއްވި ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ދަރިވަރު ފާޠިމަތު ޝާޔާ ޒާހިރު މުބާރާތުން ތިންވަނަ ހޯދާފައިވާ ކަމަށެވެ. ”މި އުފާވެރި މުނާސަބަތުގައި ޝާޔާއާއި އާއިލާއަށް ތަހުނިޔާއާއި ހެޔޮ ދުއާ ރައްދުކުރަން..މިއީ ރާއްޖެއަށް ލިބުނު...

ނޭކުރެންދޫ ބަނދަރުގެ އެއްގަމުތޮށީގެ މަސައްކަތް ނިންމާލައިފި
Thiladhunmathi News

ނޭކުރެންދޫ ބަނދަރުގެ އެއްގަމުތޮށީގެ މަސައްކަތް ނިންމާލައިފި

ހދ. ނޭކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަސައްކަތުގެ އަދާހަމަ ހާމަކުރަމުން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ ނޭކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށެވެ. އެ މަސައްކަތް ނިންމާލައި މިހާރު ކުރަމުން ދަނީ ކެޕިންގ ބީމް އެޅުމުގެ މަސައްކަތް ކަމަށް ވެސް އެ ވުޒާރާއިން ބުނެފަވެއެވެ. ނޭކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަ...

ގުޅިގެން ޢިލްމީ މަސައްކަތްތައް ކުރުމަށް ފަތުވާ މަޖިލީހާ އައިޔޫއެމް އެއްބަސްވުމެއް
Raajje

ގުޅިގެން ޢިލްމީ މަސައްކަތްތައް ކުރުމަށް ފަތުވާ މަޖިލީހާ އައިޔޫއެމް އެއްބަސްވުމެއް

ގުޅިގެން ޢިލްމީ ދިރާސާތަކާއި މަސައްކަތްތައް ކުރުމަށް ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އާއި ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފަތުވާ މަޖިލީހުގެ ފަރާތުން ސޮއި ކުރެއްވީ ފަތުމާ މަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމްއެވެ. އައިޔޫއެމްގެ ފަރާތުން ސޮއި ކުރެއްވީ އެ ޔ...

29 ރަށެއްގައި މިސްކިތު ޤުރުއާން ކުލާސް ފަށައިފި
Raajje

29 ރަށެއްގައި މިސްކިތު ޤުރުއާން ކުލާސް ފަށައިފި

ރާއްޖޭގެ 29 ރަށެއްގައި މިސްކިތު ޤުރުއާން ކުލާސް ފަށައިފިއެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވީ މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މިނިފެސްޓޯގައި ހިމަނާފައިވާ ކީރިތި ޤުރުއާން ހިލޭ އުނގެނުމުގެ ފުރުސަތު ހޯދައިދިނުމުގެ ވަޢުދުގެ ދަށުން ފެށުނު ކްލާސްތަކެއް ކަމަށެވެ. މި ކްލާސްތައް ފެށުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ކްލާސްތައް ފެށުނުއިރު ފުރަތަމަ މި ކްލާސްތައް ފަށާފައި ވަނީ ރާއްޖޭގެ 14 އަތޮޅެއްގެ ބައެއް ރަށްތަކުގެ އިތުރުން […...

އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކު ހިމެނޭހެން ހަތަރު މީހަކަށް އަނިޔާވެއްޖެ
Raajje

އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކު ހިމެނޭހެން ހަތަރު މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކު ހިމެނޭހެން ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިއަދު ހެނދުނު ހުޅުމާލެ ފޭސް 1 ގައި ހިނގި އެކްސިޑެންޓެއްގައި ދެ ސައިކަލު ޖެހި، އެ ދެ ސައިކަލުގައި ތިބި 4 މީހަކަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި ކުޑަކުއްޖެއް ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެއެވެ. މި މައްސަލައިގެ ތަޙުޤީޤު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކުޅުދުއްފުށީގައި އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް ފަށައިފި
Thiladhunmathi News

ކުޅުދުއްފުށީގައި އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް ފަށައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އެ ޕާޓީގެ ކައުންސިލަރުންނަށް އަމާޒުކޮށްގެންބާއްވާ ކައުންސިލަރުންގެ ކޮންފަރެންސް ހދ. ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ. ”ލާމަރުކަޒީ ގުޅުން” ނަމުގައި ބާއްވާ މި ކޮންފަރެންސްގައި އެންމެ އުތުރުގެ ތިން އަތޮޅު (ހއ. ހދ. އަދި ށ) ގައި ތިބި އެމްޑީޕީ ތަމްސީލްކުރާ ކައުންސިލުން ބައިވެރިވަމުން އަންނަކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. މީގެ އިތުރުން މި ތިން އަތޮޅުގައި ތިބި އެ ޕާޓީ ތަމްސީލްކުރާ އަންހެނުންގެ މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުން ވެސް މި [...