މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,458 Stories
3,709 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރަން ނޮޅިވަރަމްގައި ހިނގާލުމެއް
Raajje

ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރަން ނޮޅިވަރަމްގައި ހިނގާލުމެއް

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ. ނޮޅިވަރަމްގައި މިއަދު ހިނގާލުމެއް ބާއްވައިފިއެވެ. މި ހިނގާލުން އިންތިޒާމްކޮށް ކުރިއަށް ގެންދިޔައީ ނޮޅިވަރަމް ސިއްހީ މަރުކަޒުންނެވެ. ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އަންގައިދީ، މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ މަޤްޞަދުގައި ބޭއްވުނު މި ހިނގާލުމުގައި ރަށުގެ އެކި މުއައްސަސާތަކާއި، ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވިއެވެ. މީގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް މި ހިނގާލުމުގައި ބައިވެރިވެފައިވެއެވެ. ނޮޅިވަރަމް ސިއ...

'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024' ދީފި
Raajje

'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024' ދީފި

‘މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024’ މިރޭ ބާއްވައި އެވޯޑުތަކުގެ ހައްގުވެރިންނަށް އެވޯޑުތައް ދީފިއެވެ. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ބޭއްވި ‘މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024’ގެ އެންމެ ޝަރަފުވެރި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި އެވޯޑް ހަފުލާގައި ‘ލައިފްޓައިމް އެޗީވްމަންޓް އެވޯޑް’ ލިބިފައި ވަނީ އަލްމަރްޙޫމް އަޙްމަދު ޙާފިޒްގެ ހަނދާނަށާއި، ޢަބްދުއްސައްތާރު ޙަސަނަށެވެ. މި އެވޯޑު ހަފުލާގައި ‘ސްޕޯޓްސްވުމަން އޮ...

ފިހާރަ އަކުން ވައްކަންކުރި ބަޔަކު ހައްޔަރުކޮށް ވަގަށް ނެގި ފައިސާ އާއި ތަކެތި ހޯދައިފި
Raajje

ފިހާރަ އަކުން ވައްކަންކުރި ބަޔަކު ހައްޔަރުކޮށް ވަގަށް ނެގި ފައިސާ އާއި ތަކެތި ހޯދައިފި

މާލޭގައި ހުރި ފިހާރައެއް ފަޅާލައި ވައްކަންކޮށްފައިވާ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ފައިސާ އާއި ތަކެތި ހޯދާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން މިރޭ ބުނީ، މިއަދު ފަތިހު 4:20 އެހާކަންހާއިރު ފުލުހުން މާލޭގައި ޕެޓްރޯލްކުރަމުން ދިޔައިރު، މާވެޔޮ މަގުގައި ހުރި ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކޮށްފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ. މިކަން ފާހަގަ ކުރެވިގެން، އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި ދެނެގަނެ، ވައްކަން ކުރިކަމަށް ތުހ...

ކުއްލި ގޮތަކަށް ނިޔާވި ދަރިވަރު ޝިމާގެ ޢާއިލާއަށް ރައީސްގެ ތައުޒިޔާ
Raajje

ކުއްލި ގޮތަކަށް ނިޔާވި ދަރިވަރު ޝިމާގެ ޢާއިލާއަށް ރައީސްގެ ތައުޒިޔާ

މިއަދު ކުއްލި ގޮތަކަށް ނިޔާވި ހުރަވީ ސްކޫލްގެ ދަރިވަރު، ފާޠިމަތު ޝިމާ މުޙައްމަދުގެ ޢާއިލާއަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. އުމުރުން 13 އަހަރުގެ ޝިމާ ނިޔާވީ ސްކޫލްގެ އިންޓަވަލްގަޑީގައި ކާން އިންދައެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. ޝިމާގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ރައީސް މުޢިއްޒު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޝިމާ، ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުން ދަނިކޮށް، ކުއްލި ގޮތަ...

ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށަށް އިނާމެއް ތައާރަފްކޮށް، މާސްޓާ ޕްލޭނެއް އެކުލަވާލަނީ
Raajje

ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށަށް އިނާމެއް ތައާރަފްކޮށް، މާސްޓާ ޕްލޭނެއް އެކުލަވާލަނީ

ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް އިނާމެއް ތައާރަފްކޮށް، ދުންފަތުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މާސްޓާ ޕްލޭނެއް އެކުލަވާލަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މި ނިންމެވުން ނިންމެވިކަން ހާމަކޮށް ރައީސް އޮފީހުން މިރޭ ބުނީ، އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ވަޒީރުންގެ ލަފާފުޅާއެކު، ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާއެކު، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ރިއަލިސްޓިކް...

ދިއްދޫ ބަނދަރުގެ 87 ޕަސެންޓް މަސައްކަތް ނިމިއްޖެ
Business

ދިއްދޫ ބަނދަރުގެ 87 ޕަސެންޓް މަސައްކަތް ނިމިއްޖެ

ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން މިއަދު ބުނީ ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިފައިވާ ކަމަށެވެ. ”މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތާއި ރިވެޓްމެންޓްގެ ޕްރޮފައިލިންގ މަސައްކަތްތައް” އެމްޓީސީސީން ބުނެފަވެއެވެ. ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކ...

ދަރިވަރަކު ސްކޫލްގައި އިންދާ ކުއްލި ގޮތަކަށް ނިޔާވެއްޖެ
Raajje

ދަރިވަރަކު ސްކޫލްގައި އިންދާ ކުއްލި ގޮތަކަށް ނިޔާވެއްޖެ

ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގައި އިން ކުއްޖަކު މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. ފުލުހުން ބުނީ ހުރަވީ ސްކޫލްގައި އިން ކުއްޖަކު ސިއްހީ ހާލަތެއް މެދުވެރިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެ އިދާރާއަށް މިއަދު ރިޕޯޓެއް ލިބުނުކަމަށެވެ. ‘އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ” ފުލުހުން ބުންޏެވެ. ނިޔާވެފައި ވަނީ 13 އަހަރުގެ ނ. ލަންދޫ އަށް ނިސްބަތްވާ ފާތިމަތު ޝިމާ މުހައްމަދެވެ. މައުލޫމާތު ލިބޭގޮތުގައި ޝިމާ ނިޔާވީ ސްކޫލްގެ އިނ...

ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯ އަކަށް ޝަރީފް
Raajje

ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯ އަކަށް ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯގެ މަގާމަށް މުހައްމަދު ޝަރީފް ހަމަޖައްސައިފިއެވެ. މިއާއިއެކު ޝަރީފް ވެގެންދާނީ އެ ކުންފުނީގެ ސީއީއޯގެ މަގާމު ފުރާ ފުރަތަމަ ދިވެހި ރައްޔިތަށެވެ. ޤައުމީ ބޭންކުން ވަނީ އެކަން ފާހަގަކޮށް ޝަރީފަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. ޝަރީފް ވަނީ ކުރިން ދިގު މުއްދަތަކަށް ބޭންކުގައި ޚިދުމަތް ކުރަށްވާފައެވެ. 2020 ވަނަ އަހަރު އޭނާ ބޭންކްގެ ޚިދުމަތުން ވަކިވެވަޑައިގަތް އިރު ހުންނެވީ ޑެޕިއުޓީ ސީއީއޯގެ މަގާމުގައެވެ. މާލީ ދާއިރާގައި 25 އަހަރު ހިދުމަތް ކުރައްވާފައިވާ […]

ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމެވުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މަރުޙަބާ
Raajje

ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމެވުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މަރުޙަބާ

ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ނިންމަވާފައި ނިންމެވުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން މަރުޙަބާ ކިޔައިފިއެވެ. ރައީސްގެ ނަންމެވުމަށް މަރުޙަބާ ކިޔައި ރައީސްގެ މި ނިންމެވުމަކީ ޚާއްޞަކޮށް ޅަފުރައިގެ ކުދިންގެ މެދުގައި، ވޭޕްކުރުން އިތުރުވަމުންދާ ކަންބޮޑުވާންޖެހޭ މިންވަރު ހުއްޓުވުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. 2019ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބެކޯ ސަރވޭއިން ދައްކާގޮތުގައި ދިވެހިރާއްޖޭ...

ތެލެސީމިއާ ހޮސްޕިޓަލް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
Raajje

ތެލެސީމިއާ ހޮސްޕިޓަލް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތެލެސީމިއާ ހޮސްޕިޓަލެއް އެޅުމަށް ރޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މެނޭޖްމަންޓް މާސްޓަރ ޕްލޭން އިފްތިތާހް ކުރުމަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ މި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިޔާގެ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިންގ އާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދާނީ މެލޭޝިއާގެ މެޑޯ އޭޝިއާ އާއި ޗިންހިން ގުރޫޕު ބ...

އިސްރާއީލު ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމަށް ޤާނޫނު އިސްލާހްކުރަން އަވަސްކުރަން ތާއީދު: ޕީއެންސީ
Raajje

އިސްރާއީލު ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމަށް ޤާނޫނު އިސްލާހްކުރަން އަވަސްކުރަން ތާއީދު: ޕީއެންސީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފަައިވާ ގޮތަށް އިސްރާއީލު ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމަށް ޤާނޫނު އިސްލާހްކުރަން އަވަސްކުރަން ތާއީދުކުރާކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބުނެފިއެވެ. އެ ޕާޓީ މިހެން ބުނެފައި ވަނީ އާންމުކުރި ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ބުނެފައި ވަނީ މި އަހަރުގެ ޖޫން މަހު، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެ މަތިން ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވާ ގޮތަށް އިމިގްރޭޝަން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވީހާވެސް އަވަހަށް ގެނައ...

އާ ދިރާސީ އަހަރަށް ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް މާދަމާ ހުޅުވާލަނީ
Raajje

އާ ދިރާސީ އަހަރަށް ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް މާދަމާ ހުޅުވާލަނީ

އާ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް މާދަމާ އިން ފެށިގެން ހުޅުވާލަން ތައުލީމާބެހޭ ވުޒާރާއިން ނިންމައިފިއެވެ. ތައުލީމާބެހޭ ވުޒާރާއިން ބުނީ 2025 ވަނަ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް މާދަމާ އިން ފެށިގެން ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އެ ވުޒާރާއިން ބުނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، އަތޮޅުތެރޭގެ ސްކޫލްތަކުން […]

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސިޔާސީ މުވައްޒަފުން މަދުކުރަން ނިންމައިފި
Raajje

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސިޔާސީ މުވައްޒަފުން މަދުކުރަން ނިންމައިފި

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އަނދަވަޅުން އަރައިގަތުމަށް ދައުލަތުގެ މުވައްޒަފުންގެ އަދަދު މަދުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި އެކަން މިއަދު ޢިއުލާންކުރަށްވައިފިއެވެ. ރައީސް މިއަދު މީސްމީޑިއާ މެދުވެރިކޮށް ވަނީ މިކަން ޢިއުލާން ކުރަށްވާފައެވެ. މިކަން ހާމަކުރަށްވައި ރައީސް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ އިގުތިސާދު ރިފޯމް އެޖެންޑާގެ ދަށުން ސަރުކާރުގެ އެކި ވުޒާރާތަކުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން އަންގާފައިވާ ކަމަށެވެ. މި ފިޔަވަޅު ކުރިއަށް އޮތް 15 ދުވ...

ސްޕާއެއްގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި
Raajje

ސްޕާއެއްގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ސްޕާއެއްގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ހުޅުމާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގައި ހިންގާ ސްޕާއެއްގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދިވެހި ތިން އަންހެނުންނާއި ދިވެހި ފިރިހެނެއްގެ އިތުރުން ތައިލެންޑު ތިން...

ކާރިސީ ހިރާސް ކުޑަކުރުމަށް ފާހަގަ ކުރާ ދުވަހާ ގުޅިގެން ފުވައްމުލަކުގައި ފެނަކައިން ހާއްސަ ހަރަކާތްތަކެއް
Business

ކާރިސީ ހިރާސް ކުޑަކުރުމަށް ފާހަގަ ކުރާ ދުވަހާ ގުޅިގެން ފުވައްމުލަކުގައި ފެނަކައިން ހާއްސަ ހަރަކާތްތަކެއް

ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ކާރިސީ ހިރާސްތައް ކުޑަކުރުމުގެ ދުވަހާ ގުޅުވައިގެން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ފުވައްމުލަކު ސިޓީގައި ޚާއްސަ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ފެނަކައިން ބުނީ، މި ދުވަސް ފާހަގަކުރުމަށް ފުވައްމުލަކު ސިޓީގެ ފެނަކަ ބްރާންޗުގެ މުވައްޒަފުންނާއި އެ ސިޓީގެ މުވައްސަސާތަކުގެ ބައެއް ބޭފުުންނަށް ޚާއްސަކޮށް، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުއާއި ގުޅިގެން ކުއްލި ޙާލަތްތަކަށް ތައްޔާރުވާނެ ގޮތުގެ މަޢުލޫމާތު ސެޝަންއެއް ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންގޮސްފައިވާ ކަމަ...