މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,458 Stories
3,708 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަނީ
Raajje

ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަނީ

ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަން ފުލުހުންގެ ޚިދުމަތުން މިއަދު ޢިއުލާންކޮށްފިއެވެ. ފުލުހުން ބުނީ މަކަރާއި ހީލަތުގެ މައްސަލައެއްގައި ހޯދަން ޢިއުލާންކޮށް، ތަހުގީގަށް ހާޒިރުވާން އަންގާފައިވާ ދެ މީހުންނަކީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ދެ މީހުންކަމަށެވެ. މި ދެ މީހުންނަކީ މ. މުލައް ގަނދަކޯޅިމާގެ އުމުރުން 25 އަހަރުގެ އަޙްމަދު ރާއިފް އާއި ގ. ރަންނާޅިގެ […]

މޫސުމީ ބަދަލުތަކާދެކޮޅަށް މަސައްކަތްކުރުމަށް މާލީ އެހީ އިތުރުކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި
Raajje

މޫސުމީ ބަދަލުތަކާދެކޮޅަށް މަސައްކަތްކުރުމަށް މާލީ އެހީ އިތުރުކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

މޫސުމީ ބަދަލުތަކާދެކޮޅަށް މަސައްކަތްކުރުމަށް މިހާރު ދެމުންދާ މާލީ އެހީ އިތުރުކުރުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ. ނައިބު ރައީސް މިފަދައިން ވިދާޅުވީ، ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ސީއެޗްއޯޖީއެމް) ގެ ހަވާސާ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ “ސީއެޗްއޯޖީއެމް ކްލައިމެޓް ބްރޭކްފަސްޓް: ބިލްޑިންގް ކޮންސެންސަސް ފޮރ ކްލައިމެޓް ފައިނޭންސް ޓަރގެޓްސް އިން ކޮމަންވެލްތު” ގައި ތަޤުރީރު ކުރައްވަމުންނެވެ. މި ބައްދަލުވުމުގައި ނައިބ...

ޝަހީމަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަންފަށައިފި
Raajje

ޝަހީމަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަންފަށައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ. ފުލުހުން މިއަދު ބުނީ، ވަޒީރު ޝަހީމަށް މަރުގެ އިންޒާރުދިން މައްސަލައެއް ސިޓީއަކުން އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ. މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ފޭސްބުކް ލައިވްއަކަށް ކޮމެންޓްކޮށް މަރުގެ އިންޒާރުދިން މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. ރައީސްގެ އިތުރުން […]

ޔާމީން: ސިޔާސީ ލިޔުންތަކަށް ތަޖުރިބާ ހުރި، ވަރުގަދަ ނޫސްވެރިއެއް
Report

ޔާމީން: ސިޔާސީ ލިޔުންތަކަށް ތަޖުރިބާ ހުރި، ވަރުގަދަ ނޫސްވެރިއެއް

“ވަގުތު” އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު މުހައްމަދު ޔާމީނަކީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އެންމެ ހަރަކާތްތެރިކޮށް އުޅުނު އެއް ނޫސްވެރިޔާއެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ތިން ކެންޑިޑޭޓަކު ރާއްޖޭގެ ރަށްތަކަށް ކެމްޕެއިން ކުރައްވަން ވަޑައިގެންނެވި އިރު، އެ ކެންޑިޑޭޓުންނާ އެކު ނޫސްވެރިއެއްގެ ގޮތުގައި ދަތުރު ކުރި އެކަކަކީ ޔާމީނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކުގައި ދަތުރުތަކުގައި ބައި...

އައްޑޫގަައި އެކްސިޑެންޓްތަކެއް ހިނގައި 7 މީހަކަށް ފަރުވާދެނީ
Raajje

އައްޑޫގަައި އެކްސިޑެންޓްތަކެއް ހިނގައި 7 މީހަކަށް ފަރުވާދެނީ

އައްޑޫގަައި ތިން އެކްސިޑެންޓެއް ހިނގައި 7 މީހަކަށް ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އައްޑޫގެ ތިން ސަރަހައްދެއްގައި އެކްސިޑެންޓް ހިނގައިގެން މިރޭގެ އެކި ވަގުތުތަކުގައި އެ އިދާރާއަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓްތަކުގައި ހަތް މީހަކަށް އަނިޔާވެގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްތަކުގައި އަނިޔާވެފައި ވަނީ ހަ ފިރިހެނުންނަށާއި، އަންހެނަކަށެވެ. މިއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަ...

މިލަންދޫ ޕޮލިހުން، އަލްޙާފިޡާ ޢިޝާ އަށް ހިތްވަރުދީ ހަނދާނީ ފިލައެއް
Thiladhunmathi News

މިލަންދޫ ޕޮލިހުން، އަލްޙާފިޡާ ޢިޝާ އަށް ހިތްވަރުދީ ހަނދާނީ ފިލައެއް

ޤުރްއާން ހިތުދަސްކޮށް، ހާފިޡުކަމުގެ ސަނަދު ހާސިލްކޮށްފައިވާ އަލްޙާފިޡާ ފާޠިމަތު ޢިޝާ، ނިޒާމް، ށ. މިލަންދޫ އަށް ށ. މިލަންދޫ ޕޮލިހުންގެ ފަރާތުން ހިތްވަރުދީ ހަނދާނީ ފިލައެއް ދީފިއެވެ. ށ. ޕޮލިހުން މިއަދު ބުނީ، ށ. މިލަންދޫއިން ޙާފިޡް ކަމުގެ ސަނަދު ޙާސިލް ކުރި ޢިޝާ އާއި ޢިޝާގެ އާއިލާއާއި މިލަންދޫ ޕޮލިސް ސްޓޭޝަނުން ބައްދަލުކޮށްފައިވާ ކަމަށެވެ. މިގޮތުން ޢިޝާ ޙާފިޡާކަމުގެ ސަނަދު ޙާޞީލްކޮށްފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާއެއް ދީފައިވާކަމަށް ށ. ޕޮލިހުން ބުންނެއެވެ. ”އަދި […]

ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ
Raajje

ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ

ފަތުރުވެރިއެއް ގެނބިގެން މިއަދު މަރުވެއްޖެއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ވ. އަތޮޅުގައި އޮންނަ ރިސޯޓެއްގައި ކަމަށެވެ. އެމީހާ ގެނބިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11:29 ހާއިރު އެވެ. އެމީހާ މޫދުން ނަގައިގެން ވ. ފެލިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާއިރު، އެތަނަށް ގެންދިޔަ އިރުވެސް އެމީހާ ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނެފަވެއެވެ.

ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދެއްކި ޓީޗަރެއްގެ މައްސަލަ ބަލަނީ
Raajje

ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދެއްކި ޓީޗަރެއްގެ މައްސަލަ ބަލަނީ

ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދެއްކި ޓީޗަރެއްގެ މައްސަލަ ބަލަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ބުނީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ދާއިރާގައި ހިމެނޭ ރަށެއްގެ ސްކޫލެއްގައި މަސައްކަތްކުރާ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި މައްސަލަ އޮކްޓޯބަރ 17 ވަނަ ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ. މި [...

ހުޅުމާލެ ފަރުގެ 1159 އަކަ މީޓަރަށް ގެއްލުން، 29 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް
Raajje

ހުޅުމާލެ ފަރުގެ 1159 އަކަ މީޓަރަށް ގެއްލުން، 29 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް

ޓަގަކާއި ބާޖެއް ހުޅުމާލެ އުތުރު ފަރާތު ފަރަށް އެރުމުން ލިބުނު ގެެއްލުމަށް، އެ ދެ އުޅަނދު އޮަޕަރޭޓްކުރި ކުންފުނި 29 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ. ޓަގު “ANADI” އަދި ބާޖު “AM MANUMIT” ހުޅުމާލޭގެ އުތުރުފަރާތު ފަރަށް 21 ފެބްރުއަރީ 2024 ވަނަ ދުވަހު ވަނީ އަރާފައެވެ. މި އުޅަނދުތައް ފަރުމަތިން ނަގާފައިވަނީ 23 އޭޕްރީލް 2024 ގައެވެ. މި އުޅަނދުތައް ހުޅުމާލޭގެ އުތުރުފަރާތު ފަރަށް އެރުމުން ލިބުނު ގެއްލުން ދެނެގަތުމަށްފަހު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެސީ […]

ޑްރަގްގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި
Raajje

ޑްރަގްގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ވެރިރަށް މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި މަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން ތިން ގެއެއް ބަލައިފާސް...

އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފްކުރަން ރައީސް ނިންމަވައިފި
Raajje

އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފްކުރަން ރައީސް ނިންމަވައިފި

އިންޑިއާގެ “ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް” (ޔޫޕީއައި) ރާއްޖެއަށް ތައާރަފްކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފްކުރަން ކުރަންޖެހޭ ކަންކަން ކުރިއަށްގެންދިއުމަށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ވަޒީރުންގެ ލަފާފުޅާއެކު ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ. މިކަން ކުރިއަށް ގެންދިޔުމަށްޓަކައި ކޮންސޯޓިއަމްއެއް ގާއިމުކުރަށްވައި، މި ކޮންސޯޓިއަމްގައި ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރު...

މިފެންނަނީ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ކުރި ކަންކަމުގެ ނަތީޖާ: ނައިބު ރައީސް
Raajje

މިފެންނަނީ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ކުރި ކަންކަމުގެ ނަތީޖާ: ނައިބު ރައީސް

މިއަދު ފެނިގެން މި ދަނީ ލިބުނު ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ނިމިދިޔަ ސަރުކާރުން ކުރަމުން ދިޔަ ކަންކަމަށް ފަސްއަޅައި ފޮރުވުމުގެ ނަތީޖާ ކަމަށް ނަައިބު ރައީސް ހުސެން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދެއްކެވި ވާހަކައަކާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަމީރު ދެއްކެވި ވާހަކަ ކަވަރުކޮށް އޮންލައިން ނޫހަކުން ‘’މާލީ ހިސާބުތައް އޮޅުވާލީ ރައީސް އޮފީހުގެ ނުފޫޒުން، ހަދަނީ ބުހުތާން ދޮގުކަމަށް’’ ސ...

ނޮވެމްބަރު 10 ވަނަ ދުވަސް ބަންދު ދުވަހަކަށް ހަދައިފި، 4 ދުވަހުގެ ބަންދެއް
Raajje

ނޮވެމްބަރު 10 ވަނަ ދުވަސް ބަންދު ދުވަހަކަށް ހަދައިފި، 4 ދުވަހުގެ ބަންދެއް

އަންނަ ނޮވެމްބަރު 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. އަންނަ ނޮވެމްބަރު 10 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާކަން ޢިއުލާންކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވިދެންނެވުމެއްގައެވެ. އެ ދެންނެވުމުގަައިވާގޮތުން ރައީސް މިގޮތަށް ހަމަޖެއްސެވީ، ޖުމްހޫރީ ދުވަސް ކަމުގައިވާ، ނޮވެންބަރު މަހުގެ 11ވަނަ ދުވަހަކީ، ޤައުމީ ބަންދު ދުވަހެއް ކަމަށްވުމާއެކު، މި އަހަރު ކަލަންޑަރުގައިވާގޮތުން، ޖުމްހޫރީ...

ވޭތުވި ތިން އަހަރު ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމުގައި ބޮޑެތި މައްސަލަތަކެއް
Raajje

ވޭތުވި ތިން އަހަރު ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމުގައި ބޮޑެތި މައްސަލަތަކެއް

ވޭތުވި ތިން އަހަރު ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިގެން އެކަން ބަލަމުން އަންނަކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މާލީ ވަޒީރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ދައުލަތުގެ މާލީ ހާލަތު ބަޔާންކޮށްދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓު ގަވައިދުން އާންމު ކުރަމުން ދިޔުމަށްފަހު މިދިޔަ ޖޫން މަހުން ފެށިގެން އެ ރިޕޯޓު ނެރެފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން ވެސް އަމާޒުވެފ...

ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯ ޑްރަގް އަތުލައިގެންފި
Raajje

ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯ ޑްރަގް އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 2.05 ކިލޯ ޑްރަގް އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމް ސާވިސް އިން ބުނީ ރާއްޖެ އެތެރެކުރަން އުޅުނު 2.05 ކިލޯ ޑްރަގް އަތުލައިގެންފައިވާ ކަމަށެވެ. އަތުލައިގެންފައި ވަނީ ޑްރަގްގެ ބާވަތެއްކަމަށްވާ ހިރޮއިންނެވެ. މި ޑްރަގް އަތުލައިގެންފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މިކަމުގެ އިތުރު ތަފްސީލެއް ކަސްޓަމްސް އިން އަދި ނުދެއެވެ.