ގުޅިގެން ޢިލްމީ ދިރާސާތަކާއި މަސައްކަތްތައް ކުރުމަށް ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އާއި ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ފަތުވާ މަޖިލީހުގެ ފަރާތުން ސޮއި ކުރެއްވީ ފަތުމާ މަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމްއެވެ. އައިޔޫއެމްގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ.
މި ފަހުމުނާމާގެ ދަށުން ފަތުވާ މަޖިލީހާއި އައިޔޫއެމް ގުޅިގެން ދިވެހި މުޖުތަމަޢަށް ދީނީ ގޮތުން އެނގުން އެންމެ މުހިންމުކަމަށް ފެންނަ ނުވަތަ އެންމެ ބޮޑަށް މުޖުތަމަޢުގައި އޮޅުންއަރާކަމަށް ފެންނަ ކަންކަމާއި ދާއިރާތަކަކީ ކޮބައިކަން ދެނެގަތުގެ ބޭނުމުގައި ޢިލްމީ ދިރާސާކުރުމާއި އިދާރާތައް ގުޅިގެން ދީނީ އެކިއެކި ދާއިރާތަކުން ދީނީ، ޒަމާނީ، ޢިލްމީ މަސައްކަތްތައް ކުރާނެއެވެ.
މި ފަހުމުނާމާގެ ދަށުން ދެ ފަރާތްގުޅިގެން އެހީތެރިކަމާއި އެއްބާރުލުންދޭނެ މައިގަނޑުކަންކަން
- ކަނޑައެޅޭ ދާއިރާތަކަކުން ޢިލްމީ ދިރާސާތައް ކުރުމާ އެކަމާ ގުޅުންހުރި ޙަރަކާތްތައް ހިންގުން،
- ދިރާސާތައް ކުރުމުގެ ބޭނުމަށްޓަކައި، ޢިލްމުވެރިންގެ އެހީތެރިކަން ފޯރުކޮށްދިނުން،
- ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ދީނީ ވަޙުދަތު ޙިމާޔަތް ކުރުމަށާއި، ދީނުގެ މެދުމިންވުމުގެ ސިޔާސަތު ދެމެހެއްޓުމުގައި އެއްބާރުލުން ދިނުން،
- ރާއްޖޭގެ މުޖުތަމަޢުގައި ދިނީ ހޭލުންތެރިކަން އުފެއްދުމަށްޓަކައި ޢިލްމީ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން،
- ޢިލްމީ ފޮތްތައް އެކުލަވައިލުމާއި ތަރުޖަމާ ކުރުމުގައި އެހީތެރިވުން،
- ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މެދުގައި ދެނެގަތުމާއި ގާތްވުން ދެމެހެއްޓުމުގެ ބޭނުމުގައި ސެމިނާތައް އިންތިޒާމު ކުރުމުގައި އެހީތެރިވުމާއި؛ އަދި
- މުޖުތަމަޢުގައި ދީނީ އަދި ޤައުމީ ލޯބި އުފެއްދުމުގެ މަޤުޞަދު ޙާޞިލު ކުރުމުގައި އެއްބާރުލުން ދިނުން.
މި ފަހުމުނާމާގެ މަޤުޞަދަކީ، ފަތުވާ މަޖިލީހާއި އައިޔޫއެމް ގުޅިގެން ދިވެހި މުޖުތަމަޢަށް ބޭނުންވާ އެކިއެކި ދީނީ، ޢިލްމީ ދިރާސާތައް ކުރުމާއި، ގުޅުންހުރި ދާއިރާތަކުން އެއްބާރުލުން ދިނުމާއި، ދީނީ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ބޭނުންވާ ދިރާސާތަކާއި ޢިލާމީ މަސައްކަތްތައް ކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!