ރާއްޖޭގެ 29 ރަށެއްގައި މިސްކިތު ޤުރުއާން ކުލާސް ފަށައިފިއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވީ މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މިނިފެސްޓޯގައި ހިމަނާފައިވާ ކީރިތި ޤުރުއާން ހިލޭ އުނގެނުމުގެ ފުރުސަތު ހޯދައިދިނުމުގެ ވަޢުދުގެ ދަށުން ފެށުނު ކްލާސްތަކެއް ކަމަށެވެ.
މި ކްލާސްތައް ފެށުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ކްލާސްތައް ފެށުނުއިރު ފުރަތަމަ މި ކްލާސްތައް ފަށާފައި ވަނީ ރާއްޖޭގެ 14 އަތޮޅެއްގެ ބައެއް ރަށްތަކުގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައެވެ.\
ކުރިއަށް އޮތްތާގައި ރާއްޖޭގެ އިތުރު ރަށްރަށުގައި ވެސް މި ކުލާސްތައް ފެށިގެން ދާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.
އަޞްރު ނަމާދާއި މަޣްރިބް ނަމާދު ފަހު ކުރިއަށް ގެންދާ މި ކްލާސްތަކަކީ ހިލޭ ސާބަހަށް ހިންގާ ކްލާސްތަކެއްކަމަށް ވެސް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.
މި ކުލާސްތަކުގައި ކިޔަވައިދެއްވަނީ މިސްކިތްތަކުގެ އިމާމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!