މިއަދު މެދުކަނޑާލި މޯލްޑިވިއަން އިން ށ.ފުނަދޫއަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް އަލުން ފަށައިފިއެވެ.
މޯލްޑިވިއަން ފުނަދޫ އެއާޕޯޓަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް މެދުކަނޑާލީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ. އެ ކުންފުނިން އެކަން ހާމަކުރީ މިއަދު ހެނދުނު 11:28 ގައެވެ.
އެއަށްފަހު މިރޭ 19:25 ގައި އެ ކުންފުނިން ބުނީ ކުރިއެކޭ އެއްގޮތައް އެ ކުންފުނިން ފުނަދޫ އަށް ކުރަމުން އަންނަ ދަތުރުތައް ފަށާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުނަދޫ ދަތުރުތައް މޯލްޑިވިއަން އިން މެދުކަނޑާލާފައި މިވަނީ އެ އެއާޕޯޓްގައި ބޭނުން ކުރަމުން އައި ފަޔަރ ލޮރީއަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.
ފްލައިޓްތައް ކެންސަލް ވުމާއި ގުޅިގެން ޓިކެޓަށް ބަދަލުގެނައުމާއި ބުކިންގެ އެންމެހާ ކަންކަމުގައި 1671 ނަމްބަރަށް ގުޅުމަށާއި ނުވަތަ އީމެއިލް ކުރުމަށް މޯލްޑިވިއަން އިން އެދެއެވެ. އީމެއިލް: cc@iasl.aero
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!