ހއ. އުލިގަމު ބަނދަރު އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އުލިގަމުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 18 ޖުލައި 2023 ގައިއެވެ.
އެ ކުންފުނިން މިއަދު ބުނީ، އުލިގަމު ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.
މީގެ އިތުރުން މި މަސައްކަތަށް ބޭނުންވާ އެއްގަމު ތޮށީގެ ބްލޮކްގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިކަމަށް ވެސް ބުންޏެވެ.
އުލިގަމު ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް އަމަލީ މަސައްކަތް ފަށާފައި ވަނީ 6 ސެޕްޓެމްބަރު 2023 ގައެވެ.
ހއ. އުލިގަމު ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، މަސައްކަތަށް ބޭނުންވާ އެއްގަމު ތޮށީގެ ބްލޮކްގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް… pic.twitter.com/meaqhDFMxz
— MTCC Plc (@MTCCPlc) October 11, 2024
މިމަޝްރޫއުގެ ދަށުން ކުރިން ފުންކޮށްފައިވާ ފަޅުން 10,400 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއ،ި 46,181 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ބަނދަރު ފުންކުރުމާއި އަދި 21,708 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން ބަނދަރުގެ 238 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި އަދި 180 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
އުލިގަމު ބަނދަރު ތަރައްޤިކުރުމުގެ މިމަޝްރޫއު އެމްޓިސީސީއާ ހަވާލުކުރައްވާފައިވަނީ 73.88 މިލިއަން ރުފިޔާއަށް 600 ދުވަސް ތެރޭ ނިންމާގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!