އިސްރާއީލާމެދު ފިޔަވަޅު އެޅުމަށް އީޔޫއީން 5 އޮޕްޝަނެއް ހުށަހަޅަނީ
ބްރަސަލްސް، ބެލްޖިއަމް: ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިސްރާއީލާ ދެމެދު ވެފައިވާ އެސޯސިއޭޝަން އެގްރީމެންޓާ އިސްރާއީލުން ޚިލާފުވެފައިވާތީ، އެކަމާ ގުޅޭގޮތުން އީޔޫގެ ބޭރުގެ ސިޔާސަތުގެ އިސްވެރިޔާ، މެމްބަރު ޤައުމުތަކަށް 5 އޮޕްޝަނެއް ހުށަހަޅާނެ ކަމަށް ޔޫރޯނިއުސްއިން ބުނެފިއެވެ. ޣައްޒާއާއި ވެސްޓް ބޭންކުގައި އިސްރާއީލުން އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާކަން އީޔޫއަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފަވެއެވެ. ޔޫރޯނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ޣަ...