ޓިކްޓޮކްއާ ގުޅޭ މުހިންމު އެއްބަސްވުމަކާ ބެހޭގޮތުން މި ހަފްތާގެ ތެރޭގައި ޗައިނާއާއެކު މަޝްވަރާތައް ފަށާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

''އެއަރ ފޯސް ވަން'' މަތީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި މަޝްވަރާތަކަކީ ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތަކުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

Ad
rt

"އަޅުގަނޑުމެން ހޯމަ ނުވަތަ އަންގާރަ ދުވަހު ޗައިނާއާ، ފަހަރުގައި ރައީސް ޝީ ނުވަތަ އެމަނިކުފާނުގެ މަންދޫބަކާ ވާހަކަދައްކަން ފަށާނަން. އަޅުގަނޑުމެންގެ އަތުގައި މިހާރު ގާތްގަނޑަކަށް އެއްބަސްވުމެއް އެބައޮތް" ޓްރަމްޕް ވިދާޅުވެފަވެއެވެ.

މިދިޔަ މަހު ރައީސް ޓްރަމްޕް ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސްއިން ޓިކްޓޮކްގެ އެމެރިކާގެ އެސެޓްތައް ވިއްކާލުމުގެ ސުންގަޑި ސެޕްޓެމްބަރު 17 އަށް އިތުރުކޮށްދެއްވާފައެވެ. މިއީ އެމެރިކާގެ ޑޭޓާގެ ސަލާމަތީ ކަންކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން އެމެރިކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެއްކަމަށް ވަނީ ބުނެފައެވެ.

މި އަހަރުގެ ފަހުކޮޅު، ޓިކްޓޮކްގެ އެމެރިކާގެ ހިންގުންތައް އެމެރިކާގެ އިންވެސްޓަރުން މެޖޯރިޓީ ހިއްސާ އޮންނަ އަދި ހިންގާ އައު ކުންފުންޏަކަށް ބަދަލުކުރުމުގެ އެއްބަސްވުމެއް ވަނީ މަސައްކަތްކުރެވިފައެވެ. ނަމަވެސް، ޗައިނާގެ މުދަލަށް ބޮޑެތި ޓެރިފްތަކެއް ކަނޑައެޅުއްވުމާ ގުޅިގެން، ޗައިނާއިން މި އެއްބަސްވުމަށް ހުއްދަ ނުދޭނެކަމަށް އިޝާރާތްކުރުމާއެކު މި މަސައްކަތް ވަނީ މަޑުޖައްސާލާފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ، މި އެއްބަސްވުމަށް އެމެރިކާއިން ޗައިނާގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ޗައިނާއިން މި އެއްބަސްވުމަށް އެއްބަސްވާނެކަމާމެދު ކިހާ ޔަޤީންކަމެއް އޮތްތޯ އެއްސެވުމުން، އެމަނިކުފާނު ވިދާޅުވީ، ޔަގީންކަމެއް ނެތްކަމަށާއި، ނަމަވެސް ޗައިނާއާއި އެކު އޮތް ގުޅުން ރަނގަޅުވުމުން ނުވާނެކަމެއްކަމަށް ނުދަންނަވާނެ ކަމަށެވެ.

"އަޅުގަނޑަށް ޔަޤީނެއް ނޫން، އެކަމަކު އެހެން ވާނެ ކަމަށް ހީވޭ. ރައީސް ޝީއާއި އަޅުގަނޑާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އެބައޮތް. އަދި މި މިއީ އެމީހުންނަށްވެސް ރަނގަޅު ކަމެއް ކަމަށް އަޅުގަނޑު ދެކެން. މި އެއްބަސްވުމަކީ ޗައިނާއަށްވެސް އަދި އަޅުގަނޑުމެންނަށްވެސް ރަނގަޅު އެއްބަސްވުމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން" ޓްރަމްޕް ވިދާޅުވެފައެވެ.