ތެލަސީމިއާ ބަލި ހުންނަ ފަރާތްތަކަށް ޚިދުމަތްދޭ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ޚިދުމަތްތައް ފަސޭހަކުރުމަށް ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފިއެވެ.
މި ނަންބަރަކީ 7333645 އެވެ. މި ހޮޓްލައިން މެދުވެރިކޮށް، އެމްބީއެސް ހުޅުވާފައި ހުންނަ ގަޑިތަކުގައި މައުލޫމާތު ސާފުކުރެވޭނެއެވެ. އަދި ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށްވެސް މައުލޫމާތު ހޯދިދާނެއެވެ.
އެމްބީއެސް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 21:00 އަށް ޚިދުމަތްދެއެވެ. ޑޮކްޓަރަށް ދެއްކުން 8:00 އިން 20:30 އަށް ހުންނައިރު، ތެލަސީމިއާއަށް ސްކްރީން ކުރުން 8:30 އިން 13:00 އަށެވެ. ލޭ ހަދިޔާ ކުރުމަށް ދެވޭނީ 8:00 އާއި 19:45 އާ ދެމެދުގެ ގަޑިތަކުގައެވެ.
ދިވެހިރާއްޖެއަކީ ދުނިޔޭގައި ތެލަސީމިއާގެ ނިސްބަތް އެންމެ މަތީ އެއް ގައުމެވެ. 2023 ވަނަ އަހަރު ނިމުނުއިރު 900 ތެލަސީމިއާ ބަލިމީހުން ރަޖިސްޓްރީ ކުރެވިފައިވެއެވެ.
ރާއްޖޭގެ އާބާދީގެ 16 އިންސައްތައާއި 18 އިންސައްތައާ ދެމެދުގެ އަދަދެއް ތެލަސީމިއާ ކެރިއަރުން އުޅޭކަމަށް ލަފާކުރެވެއެވެ.
އެމްބީއެސްގެ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 666 ކުދިން ތެލަސީމިއާ ޖެހިގެން ރަޖިސްޓްރީ ކުރެވިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!