ކުނިވެފައި ހުރި ލޭ ނޭޅޭކަން ޞިއްޙީ ގޮތުން ބަލާއިރު ޔަގީން ކުރެވޭ: ބްލަޑް ސާވިސަސް
އޭޕްރިލް 20 ވަނަ ދުވަހު ތެލެސީމިއާ ކުދިންގެ ގަޔަށް އަޅާފައިވާ ލެޔަކީ ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައިވާ ލޭ ނޫންކަން ސިއްހީ ގޮތުން ބަލާއިރު ޔަގީން ކުރެވޭކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމް.ބީ.އެސް) އިން ރޭ ބުނެފިއެވެ. މިދިޔަ ހޯމަ ދުވަހު ތެލެސީމިއާ ސެންޓަރުގައި ތިން މީހެއްގެ ގަޔަށް ލޭ އެޅުމުގައި ދިމާވި މި ހާދިސާއާ ގުޅިގެން އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، ލޭ ރައްކާކުރާ ދެ ނަމްބަރު އައިސް އަލަމާރިއަށް ޓެކްނިކަލް މައްސަލައެއް ދިމާވިކަން […]