ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ މަގާމަށް ފަސް ބޭފުޅަކު
ސްކޫލްތަކުގެ އިދާރީ ކަންކަން ބަލަހައްޓަން ފުރަތަމަ ފަހަރަށް އުފެއްދި މަގާމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހަމަޖެއްސި ސުޕްރިންޓެންޑެންޓްގެ ދަށުން މަސައްކަތްކުރާނެ ފަސް ޑެޕިއުޓީ ސުޕްރިންޓެންޑެންޓުން ތަޢުލީމާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ. މިދިޔަ މަހު ސްކޫލުތަކުގެ އިދާރީ ކަންކަން ބަލަހައްޓާނެ އެންމެ އިސްވެރިއެއްގެ ގޮތުގައި، ސުޕްރިންޓެންޑެންޓްގެ މަގާމަށް ހަމަޖެއްސެވީ އިސްމާޢީލް ސަޢުދުﷲއެވެ. ސަޢުދުﷲގެ ދަށުން މަސައްކަތް ކުރައްވާނެ ޑެޕިއުޓީންގެ ގޮތުގައި ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ މަގާމަށް ހަ...