ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަވަހަށް ގޯތި ޙަވާލުކުރުމަށް އެމެންޑްމަންޓު އެއްބަސްވުމެއްގައި ސޮއިކުރަނީ
ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ލިބުން އަވަސް ކުރުމަށްޓަކައި، އެފަރާތްތަކާއެކު އެމެންޑްމަންޓު އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ. ކޮންސްޓްރަކްޝަން، ހައުސިން މިނިސްޓްރީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން، ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލުގެ ދަށުން، ކުރީ ސަރުކާރުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޫކުރުމަށް އިޢުލާނުކޮ...