ކެލާ ފަޅުގައި ހަދާ ދެ ރިސޯޓު ވެސް ބޮޑެތި ލުއިތައް ދިން ލިސްޓަށް
ފަތުރުވެރިކަން ތަރައްގީކުރަން ބޮޑެތި ލުއިތައް ދިން ތަންތަނުގެ ލިސްޓްގައި ކެލާ ފަޅުގައި ހަދާ ދެ ރިސޯޓު ވެސް ހިމަނައިފިއެވެ. ކެލާ ފަޅުގައި ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އިއުލާން ކުރީ 1 އޭޕްރިލް 2025 ގައެވެ. އޭގެފަހުން 29 ޖޫން 2025 ގައި އެ ވުޒާރާއިން ވަނީ ރާއްޖޭގައި މިހާތަނަށް ފަތުރުވެރިކަން ފުޅާނުވެ އޮތް އަތޮޅުތަކުގައި އެ ދާއިރާ ތަރައްގީކުރަން ވަރަށް ބޮޑެތި ލުއިތަކާ އެކު އިތުރު ތަންތަން ފަތުރުވެރިކަމަށް ހުޅުވާލާފައެވެ. […]