އައިއޭއޭ އަށް އެއްބާރުލުން ދިނުން ހުއްޓާލުމުގެ ބިލު އީރާނުގެ ރައީސް ތަޞްދީޤުކުރައްވައިފި
ބައިނަލްއަޤްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއޭ)އަށް އީރާނުން އެއްބާރުލުންދިނުން ހުއްޓާލުމަށް ސަރުކާރަށް ލާޒިމުކުރާ ބިލު އެ ޤައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން މިއަދު ތަސްދީޤުކުރައްވައިފިއެވެ. އީރާނުގެ ރަސްމީ ޕްރެސް ޓީވީ އާއި އެހެނިހެން އީރާނީ ނޫސްތަކުން ވަނީ މިކަން ހާމަކޮށްފައެވެ. ފާއިތުވި ހަފްތާގައި އީރާނުގެ ޕާލިމަންޓުން ވަނީ އައިއޭއޭއާއެކު އެއްބާރުލުން ހުއްޓާލުމުގެ ބިލު ފާސްކޮށްފައެވެ. މި ފިޔަވަޅު އަޅާފައިވަނީ އިޒްރޭލާއި އެމެރިކާއާއެކު ފަހަކަށް އައިސް ހިނގި ހަނގުރާމައިގެ ކުރިމަތިލުންތަ...