ބައެއް ޢަރަބި ޤައުމުތަކުގެ ބިންތައް ފޭރިގަނެ އިސްރާއީލްގެ އަތްދަށަށް ގެންދަން ނަތަންޔާހޫ ވައުދުވެއްޖެ
ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން އިންސާނިއްޔަތުކަމާއި މުޅިން ޚިލާފް، އަނިޔާވެރިކަމާއި ހައްދުފަހަނައަޅައިދިއުމުގެ މިސާލެއްކަމަށްވާ އިސްރާއީލުން އިތުރު ޢަރަބި ޤައުމުތަކުގެ ބިންތައް ފޭރިގަނެ އެމީހުންގެ ގްރޭޓަރ އިސްރާއީލް، ”ބޮޑު އިސްރާއީލް”ގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އަންގާރަ ދުވަހު އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައުދުވެއްޖެއެވެ. މިކަން އޭނާ ސިފަކޮށްފައި ވަނީ “ތާރީޚީ އަދި ރޫޙާނީ މިޝަނެއް” ގޮތުގައެވެ. އަދި ފަލަސްތީނު ދައުލަތަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކާއި އަދި މިހާރުގެ ޖޯ...