އިގްތިސާދީ ނަފާވެރިކަން ލިބިދިނުމަށް ހިތާދޫ އަށް އެ އަތޮޅު ''މާމަޑުއްވަރީ'' ހަވާލުކުރަނީ
ބ. އަތޮޅު ”މާމަޑުއްވަރީ” އެ އަތޮޅު ހިތާދޫ އާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ، ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނުވަ ވަނަ މަޒްޒިލްގެ ގޮތުގައި ހިތާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ”މާމަޑުއްވަރީ” އަކީ ތާރީޚީ ގޮތުން ހިތާދޫ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮތް، އިޤ...