މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,996 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ދިވެހިން ފަލަސްތީނާއެކު ތިބިކަން އަނެއްކާވެސް ދައްކާލައިފި
Thiladhunmathi News

ދިވެހިން ފަލަސްތީނާއެކު ތިބިކަން އަނެއްކާވެސް ދައްކާލައިފި

ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ޖައްބާރު އިސްރާޢީލުން ދެމުންދާ އަނިޔާތަކާއި ދެކޮޅުހަދައި، އެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ރާއްޖޭ އެކި ކަންކޮޅުތަކުގައި މިއަދު ދިވެހިންގެ ޝުޢޫރުތައް ބަންޑުންކޮށްލައިފިއެވެ. ދިވެހިންނަކީ ފެށުނީއްސުރެ އިސްރާއީލްގެ އަނިޔާވެރިކަމާއި ދެކޮޅަށް އަޑު އުފުލައި ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާއެކު ތިބިކަން ސާބިތުކޮށްދެމުން އަންނަ ބަޔެކެވެ. މީގެ ކުރީން ވެސް އިސްރާއީލުން ދެމުންދާ އަނިޔާއާއި ދެކޮޅަށް ފަލަސްތީނަށް އިންސާފު ހޯދައިދީ، ނަސްލު ނައްތާލުމާއި،...

އިންޑިޔާއަކީ އަބަދުވެސް ރާއްޖޭގެ އިތުބާރުހުރި ތަރައްޤީގެ ބައިވެރިއެއް: ރައީސް
Raajje

އިންޑިޔާއަކީ އަބަދުވެސް ރާއްޖޭގެ އިތުބާރުހުރި ތަރައްޤީގެ ބައިވެރިއެއް: ރައީސް

އިންޑިޔާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ އިތުބާރުހުރި ތަރައްޤީގެ ބައިވެރިއެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އިންޑިޔާގެ 77 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އިންޑިޔާގެ ރައީސް ދްރޫޕަދީ މުރުމޫ އަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އެ ގައުމުގެ ރައްޔިތުންނަށް އަރިސްކުރައްވަމުން، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި ދުވަހުގެ ކުލަގަދަ ޖޯޝުން އިންޑިޔާގެ ރައްޔިތުންގެ ރޫޙާއި ކ...

ޣައްޒާގެ 14،800 ބަލިމީހުން ފުރާނަ ސަލާމަތްކުރުމަށް އެތަނުން ލިބެންނެތް އަވަސް ފަރުވާ ބޭނުންވޭ: ޑަބްލިޔުއެޗްއޯ
International

ޣައްޒާގެ 14،800 ބަލިމީހުން ފުރާނަ ސަލާމަތްކުރުމަށް އެތަނުން ލިބެންނެތް އަވަސް ފަރުވާ ބޭނުންވޭ: ޑަބްލިޔުއެޗްއޯ

އިސްރާއީލްގެ އަނިޔާވެރިކަމުގެ ދަށުގައިވާ ޣައްޒާގެ 14،800 އަށްވުރެ ގިނަ ބަލިމީހުން ފުރާނަ ސަލާމަތްކުރުމަށް އެތަނުން ލިބެންނެތް އަވަސް ފަރުވާ ބޭނުންވާކަމަށް ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ. ޑަބްލިޔުއެޗްއޯ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރެޔެސަސް ބުދަ ދުވަހު ވިދާޅުވެފައި ވަނީ ޣާއްޒާ ސަރަޙައްދުގައި 14،800 އަށްވުރެ ގިނަ ބަލިމީހުންނަށް ފުރާނަ ސަލާމަތްކުރުމުގެ ސިއްހީ ފަރުވާ ވަރަށް އަވަހަށް ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ފަރުވާ މިހާރު ޣައްޒާއިން ލިބެންނެތްކަމަށް އޭނާ...

ރަޝިޔާގައި ވަޓްސްއެޕާއި ޓެލެގްރާމް މެދުވެރިކޮށް ކުރެވޭ ކޯލްތައް ބްލޮކްކުރަނީ
International

ރަޝިޔާގައި ވަޓްސްއެޕާއި ޓެލެގްރާމް މެދުވެރިކޮށް ކުރެވޭ ކޯލްތައް ބްލޮކްކުރަނީ

ރަޝިޔާއިން ޓެލެގްރާމް އަދި ވަޓްސްއެޕް ބައެއް ކޯލްތައް މަނާކުރަން ފަށައިފިއެވެ. މިގޮތަށް މަނާކުރަން ފަށާފައިވަނީ މި ބޭރުގެ ކުންފުނިތަކުގެ މިލްކިއްޔާތުގައިވާ ޕްލެޓްފޯމްތަކުން، ފްރޯޑް އަދި ޓެރަރިޒަމްގެ މައްސަލަތަކުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާ މަޢުލޫމާތު ޙިއްޞާކުރުމަށް އިންކާރުކޮށްފައިވާތީ ކަމަށް ބުދަ ދުވަހު އެ ޤައުމުގެ ޑިޖިޓަލް ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފައިވެއެވެ. މިއީ ރަޝިޔާއިން އިންޓަނެޓް ކޮންޓްރޯލް ކުރުމަށް އަޅާ އެންމެ ފަހުގެ ފިޔަވަޅުތައްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ރަޝިޔާގެ...

ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި
Raajje

ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިރޭ ތަސްދީޤުކުރައްވައިފިއެވެ. މި ބިލުގައިވާ އިޞްލާޙުގެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ހިންގާ ވިޔަފާރީގެ ހަރަކާތްތަކުގެ ދާއިރާ ކަނޑައެޅުމާއި، ދައުލަތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ އުސޫލުތައް މުރާޖަޢާކުރުމާއި، ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު މާލީ މުހިންމު ކަންކަން ނިންމާނެ އުސޫލުތައް ބަޔާން...

"ގްރޭޓަރ އިސްރާއީލް" ތަސައްވުރަށް ރާއްޖެއިން ދެކޮޅުހަދައި ކުށްވެރިކޮށްފި
Raajje

"ގްރޭޓަރ އިސްރާއީލް" ތަސައްވުރަށް ރާއްޖެއިން ދެކޮޅުހަދައި ކުށްވެރިކޮށްފި

އިސްރާއީލްގެ އިސްތިއުމާރީ ސަރުކާރުން “ވިޜަން އޮފް ގްރޭޓަރ އިޒްރޭލް” ގެ ނަމުގައި އިޢުލާނުކުރި އިސްރާއީލްގެ ވަޒަންވެރިކަމުގެ އަދި އާބާދީ އިތުރުކުރުމުގެ ތަސައްވުރަށް އިންކާރުކޮށް، އެ އެޖެންޑާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ހާމަކުރަށްވައިފިއެވެ. ފަލަސްތީނުގެ ބިންތައް ފޭރިގަނެގެންތިބެ، އިންސާނިއްޔަތުކަމާއި މުޅިން ޚިލާފް، އަނިޔާވެރިކަމާއި ހައްދުފަހަނައަޅައިދިއުމުގެ މިސާލެއްކަމަށްވާ އިސްރާއީލުން އިތުރު ޢަރަބި ޤައުމުތަކުގެ ބިންތައް ފޭރިގަނެ އެމީހުންގެ ގ...

ނަތީޖާ ނެރެން ވެރިއަކަށް ލިބޭ މުއްދަތު މާކުރު: އުއްޗު
Raajje

ނަތީޖާ ނެރެން ވެރިއަކަށް ލިބޭ މުއްދަތު މާކުރު: އުއްޗު

ނަތީޖާ ނެރެން ރާއްޖޭގެ ވެރިއަކަށް ލިބޭ މުއްދަތު މާކުރު ކަމަށާއި، އެކަން ނުކުރެވި ޑޮލަރުގެ އަގުވެސް އަގުދަށަކަށް ނުދާނެ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ. އުއްޗު މިފަދައިން ވިދާޅުވީ ޔޫޓިއުބް ޗެނަލް “ދެނޯ”ގެ އެޕިސޯޑެއްގައި ރާއްޖޭގައި އޮތް ޑޮލަރުގެ މައްސަލައަށް އޮތް ހައްލަކީ ކޮބައިތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އުއްޗުގެ ޖަވާބުގައި ފާހަގަކުރެއްވިގޮތުގައި ރާއްޖެއަކީ އާބާދީ ކުޑަ ނަމަވެސް، ޖިއޮގްރަފީގެ ގޮތުން ވަރަށް ބޮޑު ސަރަހައްދެއްގައ...

ޢުމުރާނީ މަސައްކަތްތަކުގެ ތެރެއިން ބޮޑުހިލަޖެހުމާ ގުޅިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައި: ރައީސް
Raajje

ޢުމުރާނީ މަސައްކަތްތަކުގެ ތެރެއިން ބޮޑުހިލަޖެހުމާ ގުޅިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައި: ރައީސް

ރާއްޖޭގެ ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޢުމުރާނީ މަސައްކަތްތަކުގެ ތެރެއިން ބޮޑު ހިލަޖެހުމާ ގުޅިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާގެ ކަންކަން މިހާރު ހަމަޖެހި، މަސައްކަތް ދާދިއަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފަހުމަންޒިލުގެ ގޮތުގައި މިއަދު ހެނދުނު އެ އަތޮޅު މާޅޮހަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދަ...

މާޅޮހު ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި
Raajje

މާޅޮހު ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ބ. މާޅޮހުގައި ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފަހުމަންޒިލުގެ ގޮތުގައި މިއަދު ހެނދުނު ވަނީ މާޅޮހަށް ވަޑައިގެންފައެވެ. މާޅޮހުގައި ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށީ ރައީސްގެ މި ދަތުރުފުޅުގެ ތެރެއިންނެވެ. މި މަރުކަޒުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި، ކޮމިޝަނަރ އޮފް [...

މާޅޮހުގައި އަޅާ އައު މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި
Raajje

މާޅޮހުގައި އަޅާ އައު މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި

ބ. މާޅޮހުގައި މިސްކިތެއް ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަދު ސްމީކޮށް ފަށައިފައެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 13 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ހެނދުނު މާޅޮހަށް ވަޑައިގެންފައިވާއިރު، މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މި ދަތުރުފުޅުގެ ތެރެއިން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި މިސްކިތުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ […]

ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު ފާސްކޮށްފައި އޮތީ ރައްޔިތުންގެ ބާރު ކަނޑުވާލަން: އާތިފް
Raajje

ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު ފާސްކޮށްފައި އޮތީ ރައްޔިތުންގެ ބާރު ކަނޑުވާލަން: އާތިފް

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައި އޮތީ ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށް، މޭޔަރ އާޠިފް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހިންނަކީ ތަންދޮރު ނުދަންނަ ބައެއް ނޫން ކަމަށެވެ. “ބަޔަކަށް އޮޅުވާލެވެން ނެތްހާ ސާފުކޮށް މުޅި ނިޒާމު ބަލިކަށ...

މާޅޮހުގައި އޭޓީއެމްގެ ޚިދުމަތް ފަށައި، ބ.އަތޮޅު ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް
Raajje

މާޅޮހުގައި އޭޓީއެމްގެ ޚިދުމަތް ފަށައި، ބ.އަތޮޅު ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް

ބ. މާޅޮހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މާޅޮހުން އޭޓީއެމްގެ ޚިދުމަތް ލިބެން ފެށުމާއެކު ބ.އަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވިގެން ދިޔައީކަމަށް ސަރުކާރުން ބުންޏެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 13 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ހެނދުނު މާޅޮހަށް ވަޑައިގެންފައިވާއިރު، މާޅޮހުގައި ބީއެމްއެލުން ބެހެއްޓި އޭޓީއެމްގެ ޚިދުމަތް ފައްޓަވާދެއްވީ އެމަނިކުފާނ...

މާލެއިން ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދީފި
Raajje

މާލެއިން ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދީފި

މާލެއިން ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދީފިއެވެ. މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ. ހުޅުމާލޭގެ ވެސް މަދު ސަރަހައްދަކަށް ފިޔަވައި ކަރަންޓް ދީފައިވާކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ
Raajje

މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ

މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑިފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުންޏެވެ. މާލޭގެ 34 އިންސައްތަ ކަސްޓަމަރުންނަށް ކަރަންޓްގެ ޚިދުމަތް ލިބެމުން އަންނަކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދަރަވަންދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި
Raajje

ދަރަވަންދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ބ. ދަރަވަންދޫގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 12 ވަނަ މަންޒިލުގެ ގޮތުގައި ރޭ ވަނީ ދަރަވަންދޫ އަށް ވަޑައިގެންފައެވެ. ދަރަވަންދޫ އަށް ވަޑައިގެން ރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވާފައިވާއިރު، އެރަށުގައި ހުންނަ ބ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި، 8 ކުލާސްރޫމާއި، އޮފީހެއް އެޅުމުގެ އެއްބަސްވުމުގައި ވަނީ ރޭ ސޮއިކުރަށްވާފައެފެ […]