2040 ގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި ދަސްވެނީންގެ ދައުރު ބޮޑު: ނައިބު ރައީސް
ދަސްވެނީންނަށް ލިބިފައިވާ ޢިލްމާއި ހުނަރުގެ އަލީގައި ޤައުމަށް ބޭނުންތެރި ދާއިރާތަކަށް އީޖާދީ ވިސްނުންތައް ހޯއްދަވައިދެއްވުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ރޭ ބޭއްވި ވިލާ ކޮލެޖުގެ “ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026” ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދިޔުމަކީ އެންމެހާ ދިވެހި ރައްޔިތުންގެވެ...