ނިލަންދޫން ގެއްލުނު ކުއްޖާ ވަނީ ފެނިފައި، ހާލު ރަނގަޅު: ފުލުހުން
ފ. ނިލަންދޫއިން ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެންކުއްޖާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. އެ ކުއްޖާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 22:15 ހާއިރު އެވެ. އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ހާމަކުރީ ރޭ 23:59 ހާއިރުއެވެ. މިއަދު ހެނދުނު 7:50 ހާއިރު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އެ ކުއްޖާ ރޭ 2:40 ހާއިރު ފެނިފައިވާކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅުކަމަށް ވެސް ބުންޏެވެ. އިތުރު ތަފްސީލެއް […]