ހަންނާނުގެ ބިލު މަޖިލީހުގެ ތަޅުމުން ފާސްކޮށްފި
ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” މަޖިލީހުގެ ތަޅުމުން މިރޭ ފާސްކޮށްފިއެވެ. ބައެއް ނޫސްވެރިންނާއި އާންމުން ބިލާ ދެކޮޅަށް އިހްތިޖާޖު ކުރަމުން ދަނިކޮށް ބިލް ފާސްކުރީ 60 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަކަމަށް އެއް މެމްބަރަކު ވޯޓުދެއްވިއެވެ. މި ބިލާއި އެއްކޮޅަށް ވެސް ސަރުކާރަށް ތާއީދު ކުރާ ބަޔަކު މިއަދު ވަނީ އިހުތިޖާޖުކޮށްފައެވެ. މި ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީނ...